ނޭޝަނަލް މިއުޒިޔަމްގެ ދިދަ ތިރި ކުރަން އުޅުމުގެ ތޭރޭގައި އެތާ ސެކިއުރިޓި މީހާ ވެއްޓި އަނިޔާވެއްޖެއެވެ.
ވެއްޓި އަނިޔާވުމުގެ ސަބަބުން އެމީހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ފުލުހުން މިއަދު ބުނީ އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނެކަށް ކަމަށެވެ.
މީގެ އިތުރުން ބުނީ މި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ފުލުހުން ބަލަމުންދާ ކަމަށެވެ.