ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމު މިއަދު މާލެ ވަޑައިގެންފިއެވެ. އެ މަނިކުފާނަކީ މި އަހަރުގެ ދިވެހި ހައްޖާޖީންގެ އަމީރުލްހައްޖުވެސްމެއެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން، ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނަން ފަށާނެ އެވެ. އަދި އެންމެ ފަހު ގްރޫޕް އަންނާނީ މި މަހުގެ 14ވަނަ ދުވަހުގަ އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.