ގަތުލުއާންމު ހުއްޓާލާ އެއްބަސްވުމަކީ ޙަމާސަށް ލިބުނު ކާމިޔާބީއެއް ކަމަށް ބުނަމުން، ޒަޔަނިސްޓުންގެ ފުލުހުންގެ ތާކިހާ ވަޒީރުއާއި ބައިވެރިން ޒަޔަނިސްޓުންގެ ސަރުކާރުން އިސްތިއުފާ ދީފިއެވެ. އިރާގްގެ ކުރުދީ ދަރިކޮޅުގެ ޔަހޫދީއެއް ކަމަށްވާ ބިން ގްވީރާއެކު އޭނާގެ އޮޓްޒްމާ އިޔަހޫދު ޕާޓީގެ 3 ވަޒީރުންނާއި ކޮމިޓީތަކުގައި ތިބި އެމްޕީން ވެސް ވަނީ އެމީހުންގެ މަގާމުތަކުން އިސްތިއުފާ ދީފިއެވެ. މި ވެރިންގެ ތެރޭން އެންމެ ފާހަގަ ކުރެވެނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ހެރިޓޭޖް މިނިސްޓަރ އަމީހާއީ އިލިޔާހޫއެވެ. މިއީ ޣައްޒާ ނައްތާލުމަށް ނިއުކްލިއާ ބޮމެއް ގޮއްވާލުމަށް ގޮވާލި މަލްއޫނެވެ.

އިޒްރޭލުގެ ސަރުކާރަށް ފާޑު ކިޔާ ނޫސްވެރިންނާއި، ހާރެޓްސް ނޫހުންވެސް ސިފަ ކޮށްފައި ވަނީ ޤަތުލުއާންމު ހުއްޓާލާ އެއްބަސްވުމަކީ، ނަތަންޔާހޫއށް ލިބުނު ބޮޑު ނާކާމިޔާބެއް ކަމަށެވެ. އަދި ދޮޅު އަހަރު ވަންދެން އޭނާ ބުނަމުން ގެންދިޔަ އެއްވެސް ކަމެއް މި ހަނގުރާމައިން އޭނާއަށް ހާސިލެއް ނުކުރެވުނު ކަމަށާއި ހަމައެކަނި ވީހާވެސް ކަމަކީ ޔަހޫދުންގެ އެތައް ބަޔެއްގެ ފުރާނަ ގުރުބާން ކޮށްލުން ކަމަށް ބުނެފައި ވެއެވެ.

ފަލަސްޠީނު މީހުންނަށް ލިބުނު ކާމިޔާބީއެއްކަމަށް ބުނާ ވާހަކައަކީ ސައްޙަ ވާހަކައެކެވެ.

ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ޒަޔަނިސްޓުން ވަގަށް ނަގާފައިވާ ފަލަސްޠީނުގެ 1904 އަސީރުން މިނިވަން ކުރަން މަޖުބޫރު ވެއެވެ.

ޒަޔަނިސްޓުނަނަށް މިމީހުން މިނިވަން ކުރަން މަޖުބޫރުކޮށްފައިވާ އިރު ފަލަސްޠީނު މީހުން މި ފައްތަރުގައި މިނިވަން ކުރަން ޖެހޭނީ ޙަމާސްއާއި އިސްލާމީ ޖިހާދުގެ މެހުމާންދާރީގައި ތިބި 33 ޔަހޫދީންނެވެ.

މިމީހުންނަކީ ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަން ކުރުމަށް އިސްލާމީ ޖިހާދާއި ޙަމާސްއިން 7 އޮކްޓޫބަރުގައި ދިން އަޤްޞާ ޠޫފާން ޙަމަލާގައި އަސީރު ކޮށްގެން ގެނައި މީހުންނެވެ.

އެހެން މީހުން އަސީރުންގެ ގޮތުގައި އުފުރާލެވޭ ހެއްޔެވެ؟

މި ދެ ޖަމާއަތުން މާނަކުރާ ގޮތުގައި ޒަޔަނިސްޓު ދައުލަތް ގާއިމް ކޮށްފައިވަނީ ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައެވެ. އަދި އެބިންތަކުގައި ވަޒަންވެރިކޮށްފައިވާ ނުވަތަ ވަޒަންވެރިވެފައިވާ ކޮންމެ މީހަކީ، ފަލަސްޠީނާ ދެކޮޅަށް ހަނގުރާމައަށް ވާގިވެރިވާ މީހެއްކަމަށާއި އަދި ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ ހަނގުރާމައާއި އަސްކަރީ އޮޕަރޭޝަންތަކުގައި އެބިމުގައި އުޅޭ ކޮންމެ މީހަކީ ސައްހަ އަމާޒުފަތްގަނޑެއް ކަމަށެވެ. އަދި ގަދަ ބާރުން ބިން ހިފާފައިވާ މީހުންނާ ދެކޮޅަށް ހަނގުރާމަކޮށް، ހަމަލަ ދިނުމަށް ހުއްދަ ދޭ ޖެނީވާ މުޢާހަދާގެ ދަށުން ފަލަސްޠީނު މިނިވަން ކުރުމަށްޓަކައި ލިބެން ހުރި ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ހަމަލަދީ ހަނގުރާމަ ކުރުން ހުއްދަ ކަމަށްވެސް މި ޖަމާއަތްތަކުން ދެކެއެވެ.