މާލެ އިން ފުރައިގެން އދ. މަހިބަދޫ އަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
މާލެ އިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރި ރިކާޑޮ ނަމަކަސް ކިޔާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެސަރަހަށްދަށް އދ ޕޮލިސް ގޮސް ދޯނީގައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެވަގުތު އެދޯނީގައި ތިބި އަށްމީހުން ވެސް ވަނީ ސަލާމަތް ކުރެވިފައެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.
އެމްއެންޑީއެފް ކޯސްޓުކާޑުންވެސް މިދުވަސްކޮޅު ވަނީ ކަނޑުމަތީގެ ތަފާތު އެތައް ހާދިސާތަކެއްގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުމް ގޯސްވެ ހުދާއި ރީނދޫ ސަމާލުވެސް ނެރެމުންދާ ދުވަސްވަރެކެވެ. އެގޮތުން މެޓް އޮފީހުން މިހާރު ވަނީ ރ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމަޔަށް ނުވަ އަތޮޅު ހިމެނޭހެން ޔެލޯ އެލާޓް ނެރެފަ އެވެ.