ދައްތައާ ރައްޓެހި ވެގެން އުޅުމަށްފަހު ދައްތަ ދަންޖެހުމުން ކޮއްކޮ ރޭޕްކޮށްފައި ޒަހަރު ބޯންދީފިއެވެ.

ޕާކިސްތާންގެ ގުޖުރާތުގައި ހިނގާފައިވާ މި ޖަރީމާ، ދައުލަތު ނަގަރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ކުއްޖާގެ މަންމައެވެ.

15 އަހަރުގެ ކުއްޖާ ރޭޕް ކުރި މީހާ ޕާކިސްތާން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިމީހާ ރައްޓެހި ވެގެން އުޅުނު، އަންހެން ކުއްޖާ އަމިއްލައަށް މަރުވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ސެޕްޓެމްބަރު 6 ގައި ކުއްޖާ ގެއްލިގެން ހޯދަމުން ދިޔަ އިރު ހިސާބުގަނޑުގެ މީހުން ބުނެފައިވަނީ އެހިސާބުގެ މީހަކާއެކު އެކުއްޖާ ފެނުނު ކަމަށެވެ.

އަދި ދަނޑުތަކުގެ ތެރޭން ހަޅޭއްލަވާތީ މީހުނަށް އެތަނަށް ދެވުނު އިރު ކުއްޖާ ދިރިހުއްޓާ ފެނުނެވެ.

އޭނާ ކިޔައިދިން ގޮތުގައި އޭނާ ރޭޕް ކުރުމަށްފަހު، އޭނާގެ އަނގަޔަށް ޒަހަރު އެޅިއެވެ.

ގުޖުރާތު ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. އަދި ގުންޖަރުވާލާގެ ފޮރެންސިކް ފުލުހުންގެ އެހީގައި ޖަރީމާ ހިންގި ތަނުން ފޮރެންސިކް ހެއްކާއި ޑީއެންއޭ ހެކިވެސް ހޯދާފައެވެ.

މި ކުއްޖާ ވަނީ އަޒީޒާ ބައްޓީ ޝަހީދު ޓީޗިންގ ހޮސްޕިޓަލަށް ފަރުވާއަށް ގެއްދިޔަ އިރު ކުއްޖާ ވަނީ މަރުވެފައެވެ.