ކުރީގެ ބަތަލާ ސަނާ ހާން އާއި ފިރިމީހާ މުފްތީ އަނަސް ސައްޔިދު އެދެމަފިރިންގެ އަލަތުދަރިފުޅުގެ ވާހަކަ ސޯޝަލް މީޑިއާގައި އިއުލާންކޮށްފިއެވެ. މިދެމަފިރިންނަށް ލިބުނީ ފިރިހެންދަރިފުޅެކެވެ.

މި ޚަބަރު އިންސްޓަގްރާމްގައި ހިއްސާކުރަމުން ސަނާ ލިޔެފައިވެއެވެ. "އަހަރެމެންގެ ބޭބީއަށްޓަކައި އަހަރެމެންގެ އަމިއްލަ ނަފްސުގެ އެންމެ ރަނގަޅު ވަރޝަނަކަށް މާތްﷲ އަހަރެމެން ހައްދަވާށިއެވެ. ޖަޒާކަاللهހައިރް، އެންމެން ތިޔަ ލޯތްބާއި ހެޔޮދުއާއިން އަހަރެމެންގެ މިދަތުރުގައި އަހަރެމެންގެ ހިތާއި ފުރާނައަށް އުފާވެރިކަން ގެނެސްދެއެވެ."

ސަނާ ބަލިވެއިން ހަބަރު އެންމެ ފުރަތަމަ މީޑިޔާއަށް ހާމަކޮށްފައި ވަނީ މިއަހަރު މާރިޗް މަހުގައެވެ. ލިބެން އުޅޭ ދަރިފުޅު ވަކިޖިންސެއް ވަކި ވައްތަރެއް މުހިންމު ނޫންކަމަށާއި ބެލެނިވެރިންނަށް ވުމަކީ ﷲދެއްވާ ބޮޑު ނިއުމަތެއްކަމަށް ސަނާއާއި އަނަސްވަނީ އޭރު ރިޕޯޓަރުންގެ ސުވާލުތަކަކަށް ޖަވާބުދެމުން ބުނެފައެވެ.

ކާމިޔާބު އެކްޓިން ކެރިއަރަށް އަލްވަދާއު ކިޔުމަށް ފަހު ސަނާ ވަނީ ގުޖުރާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަނަސްއާ ކައިވެނި ކުރުމުގެ ކުރިންވެސް ސަނާވަނީ އިސްލާމްދީނުގެ މަތިވެރިކަމާއި މާތްކަން ގަބޫލުކޮށް ދީނާ އެއްގޮތަށް ދިރިއުޅުން ބަދަލުކޮށްފައެވެ.