ޗޮކްލެޓަކީ މީގެ އެތައް ޒަމާނެއް ކުރިން ކޮކޯ ގަހުގެ މޭވާއިން ހަދަން ފަށާފައިވާ ބާވަތެކެވެ. މިއަދު ޗޮކްލެޓުގެ ވިޔަފާރިން ނަފާވާ އެތައް ބަޔަކު ދުނިޔޭގައި އެބައުޅެއެވެ. ތަފާތު މުނާސަބާތަކަށާއި އެކުވެރި ރަހުމަތްތެރިކަން ބަދަހި ކުރުމަށާއި އަދިވެސް ގުޅުންތަކުގައި ދިމާވާ ހަމަނުޖެހުން ނައްތާލާ އެއްޗަކަށްވެސް ޗޮކްލެޓް މިވަނީ ވެފައެވެ.
ގާތް މީހަކަސް އަދި ދުރު މީހަކަސް އެންމެ ފަސޭހައިން އެންމެ އަވަހަށް ތައްޔާރުކޮށްލެވޭ ހަދިޔާއަކީ ޗޮކްލެޓެވެ.
އެންމެ ބޮޑެތި ފިހާރަތަކުން ފެށިގެން އެންމެ ކުދި އާދައިގެ ފިހާރަޔަކަސް ޗޮކްލެޓް ލިބެން ހުރެއެވެ. ހަމައެހެންމެ ދިރާސާތަކުން ދައްކާ ގޮތުގައި ޗޮކްލެޓަކީ ސިއްހަތަށް ރަނގަޅު ބާވަތެކެވެ. އަދިހަމަމިއާއެކު މިއީ ލޯބީގެ ގުޅުމަށްވެސް ވަރަށް އަސަރު ފޯރުވާ ބަވަތަކަށްވެސް މިވަނީ ވެފައެވެ.
ގިނަވަގުތު ބޭރުގައި މަސައްކަތުގައި އުޅެފައި ގެއަށް އަންނަ ވަގުތު އަނބިމީހާގެ ރުންކުރުވެފައިވާ މޫޑު ރަނގަޅު ކުރުވައި އެންމެ ފަސޭހައިން އަނބިމީހާގެ މޫޑު އަނބުރައިލަންވެސް ޗޮކްލެޓު އެހީތެރިވެދެއެވެ. އެހެނީ ގިނަ އަންހެނުންނަށް ކޮންމެވެސް އެއް ބާވަތެއްގެ ޗޮކުލެޓް ކަމުދެއެވެ.
ކޮންމެއަކަސް ޗޮކްލެޓަކީ ހައިވެގެން ކާއެއްޗެއް، ނުވަތަ ނާސްތާއެއްގެ ގޮތުގައި ކާއެއްޗެއް ނޫނަސް ހިތަށް ހަމަޖެހުމެއް ލިއްބައިދޭ ފޮނިއެއްޗެކެވެ. ޑާކްޗޮކްލެޓާއި މިލްކްޗޮކްލެޓާއި އަދިވެސް މިނޫން އެތައް ފާޑެއްގެ ޗޮކްލެޓެކެވެ.
އާންމުކޮށް އެންމެންނަށްވެސް މީރުވަނީ އަދި ގިނައިން ވިޔަފާރީގެ މައިދާނުގައިވެސް ހިނގަނި މިލްކްޗޮކްލެޓެވެ. ޑާކްޗޮކްލެޓަކީ މީރު ނަމަވެސް އެހާ އާންމުކޮށް ކާއެއްޗެއް ކަމަކަށް ނުވެއެވެ. ނަމަވެސް ކަޅުކޮފީއަށް ލޯބިކުރާ ފަރާތްތަކަށް ޑާކްޗޮކްލެޓް ވަރަށް ކަމުދެއެވެ.