ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ށ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ށ. އަތޮޅަށް އެމަނިކުފާނު ފުރާވަޑައިގެންވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެެވެ. އެއީ ށ. ކޮމަންޑޫއާއި ށ. މަރޮއްޓާއި ނޫމަރާގެ އިތުރުން ފޯކައިދޫއަށެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް ކަންމަތީ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އަދި ރައްޔިތުންނާއި ބައްދަލުކުރައްވާ އެކި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި އެ އަތޮޅު ފޯކައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިފްތިތާހު ކުރައްވާ ބަނދަރު ހުޅުއްވައިދެއްވާ އަދި އެ ރަށު ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވާނެއެެވެ. އަދި ވަރަށް ޚާއްސަ ޖަލްސާއެއްވެސް އެރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ކެބިނެޓްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމްގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.