"މިއުޅެނީ ޑީހައިޑްރޭޓް ވާ ވަރުން...."

"ޑީހައިޑްރޭޓްވެގެން އެޑްމިޓްކުރީ، ބަލިވެ އިނުމުގެ ކުރިން ނުވޭ މިހެނެއް، އެކަމަކު ބަލިވެއިންފަހުން މިކަމެއް ޖެހިގެން އެޑްމިޓްކުރި މީ ތިންވަނަފަހަރު،"

މިއީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ފިރިހެނުންނަށްވުރެ ބޮޑަށް ފެންމަދުވުމުގެ މައްސަލަ ދިމާވެގެން އުޅޭތަން ފެންނަނީ އަންހެނުންނެވެ. އެކަމަކު މިއީ ވަކި ޖިންސަކަށް ހާއްސަކޮށް ބޮޑުވަރުވާ ކަމެއް ނޫނެވެ. އަދި މި ފެންމަދުވުމުން ރައްކާތެރިވުމަކީ އެހާ ދަތި އުނދަގުކަމެއްްވެސް ނޫނެވެ.

ޑީހައިޑްރޭޝަންގެ އަލާމާތްތައް

  • ބޯއެނބުރުން ނުވަތަ ބޮލަށް ފިނިވެ ލުއިވެފައި ހުރުން
  • ބޮލުގައިރިހުން.
  • ވަރުބަލިވުން
  • އަނގައާއި ތުންފަތާއި ލޯ ހިކިފައި ހުރުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން ނުވަތަ ދާއިރު ތިކިތަކެއްހެން މަދުން ދެވުން.
  • ކުޑަކަމުދާއިރު އޮލަކޮށް ނުވަތަ ކުލަގަދަކޮށް ހުރުން، ވަސްގަދަކޮށް ހުރުންް
  • ބޮޑުކަމުދާން ދަތިވުން. އަދި ދެވޭއިރު އުނދަގޫކޮށް ދެވުން

ޑީހައިޑްރޭޝަންގެ އަލާމާތްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ އެއޮތީ ހަށިގަނޑުން ފެންމަދުވާކަން ފާހަގަ ވެފައެވެ. ދިޔާތަކެއްޗާއި ފެން ބުއިމުން މި ދަތި މައްސަލައަށް ވަރަށް ފަސޭހަ ހައްލެއް ވެސް ލިބޭނެއެވެ.

ފެނާއި ތާޒާ މޭވާގެ ބުއިން، ނޫނީ އެހެންވެސް ބުއިމަކުން އެތެރެހަށި ފިނިކޮށް ހަމަޖައްސާލުމަކީ މި ފެންމަދުވުމުގެ މައްސަލައަށް އޮތް ނުހަނު ލުއި އަދި ފަސޭހަ ހައްލެކެވެ. ދިޔާތަކެއްޗާއި ފެން ގިނަގައިން ބުއިމަކީ އެންމެ ރަނގަޅު އަދި މޮޅު ފަރުވާއެވެ. އަދި މިއީ ރޯދައަށް ހުރުމުން ދިމާވާ ފެންމަދުވުމަށްވެސް ދެވޭ ފަރުވާއެވެ.