އަަވަށްޓެރި އިންޑިއާގެ ބިހާރުގެ "ޚަގަރިއާ" ޑިސްޓްރިކްޓްގައި ދެބައިއުމުރުގެ އަންހެނަކު އިންތިހާއަށް ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެއެވެ. މަރާލުމުގެ ކުރިން އަންހެންމީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއްކޮށް، އަންހެންމީީހާގެ ލޮލާއި އުރަމަތި ކަނޑައި، ޖިންސީ ނާޒުކު ގުނަވަންތައްވެސް ކަނޑާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިހާރުގެ ޚަގަރިއާ ޑިސްޓްރިކްޓުން ފެނުނު ކަތިލާފައި އެއްލާލާފައި އޮތް ހަށިގަނޑު ފެނުމުން އެ ސަރަހައްދުގެ ރައްޔިތުން ވަނީ ބޮޑު މުޒާހަރާއެއް ފަށާފަ އެވެ.

މިއީ އާއިލާއަށް ކުރިމަތިވި ފުރަތަމަ ހިތާމަވެރި ހާދިސާއެއް ނޫން ކަމަށާއި، 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ސުލޭކާ ދޭވީގެ ފިރިމީހާ ބަބްލޫ ސިންގް އާއި އޭނާގެ ކޮއްކޮ ވެސް ބަޑިޖަހައި މަރާލާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. ސުލޭކާގެ ފިރިމީހާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ މިދިޔަ އަހަރު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. މި ޖަރީމާގެ ފަހަތުގައިވާ މޮޓިވް ނުވަތަ "ގަސްތު" އަކީ ބިމުގެ މައްސަލައެއް ކަމަށް ޝައްކު ކުރެވޭ ނަމަވެސް ސީދާ ސަބަބު ދެނެގަތުމަށް އިތުރު ތަހުގީގުތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެސްޑީޕީއޯ މަނޯޖް ކުމާރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކުށް ހިނގި ތަނުން ވަޅިއެއް ފެނިފައިވާ ކަމަށެވެ. އަދި މުޅި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ އަންހެން މީހާ މަރާލާފައިވަނީ އޭނާ މަސައްކަތް ކުރާ ދަނޑުބިމަށް ގޮސް އުޅެނިކޮށެވެ. އަދި އޭނާ މަރާލި މީހުން މިހާރު ފިލާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމީހުން މަރާލުމުގެ ފަހަތުގައި ވަނީ ބިމެއްގެ މައްސަލައެއް ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް ސީދާ ސަބަބު ދެނެގަތުމަށް އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ބިހާރުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.