ސިޔާސީގޮތުން އަދި ވަކިގޮތަށް ނުވިސްނި ކަމުގައިވިޔަސް، ކުރިއަށް އޮތްތަނުގައި ސިޔާސީ ޕޯޑިއަމަކުން ފެންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ޖޭޕީގެ ކުރީގެ ރައީސް ކަމާއި އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައި ވަނީ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރެިންނެވެ.

އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖެ ވަޑައިގަތީ އެއްވެސް ސިޔާސީ ޕާޓީއަކާއެކު ޑީލެއް ހަދައިގެން ނޫންކަމަށެވެ.

ސިޔާސީގޮތުން ވިސްނުމަށްފަހު ޕޯޑިއަމަށް އެރީމަ އެންމެނަށްވެސް ފެންނާނެކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ ކުރިއަށްދާނީ އެންމެ ވިސްނޭ ގޮތަކަށް ކަމަށްވިނަމަވެސް އެތަނަށް އައިސް ހުއްޓުމަށް ވަކިސިޔާސީ ޕާޓީއަކާއެކު އެއްބަސްވެ ޑީލެއް ހަދާފައި ނޯންނާނެކަމަށެވެ.

ރާއްޖޭން ބޭރަށް ވަޑައިގެންނެވި އިރު، ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ ގޮތުގައި ކަމަށްވިޔަސް އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން މިހާރު އަލީ ވަހީދަކީ ޖޭޕީގެ ރައީސް ނޫން ކަމަށްވެސް އަލީވަހީދު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އިލެކްޝަންސް ކޮމިޝަނުން ކަނޑަައަޅައި އަދި އެހެން ޕާޓީއަކުން ވަކި ފޯމެއް ނުލަންޏާ، އޭނާ ހުންނަވާނީ ޖޭޕީގެ އާންމު މެންބަރެއްގެ ގޮތުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިން "ކުރިއަށްއޮތްތަނުގައި އަލީ ވަހީދު ފެންނާނީ ސިޔާސީ ކޮން ޕްލެޓްފޯމަކުންތޯ؟" ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ކުރިއަށްދާނީ ކޮން ފިކުރަކާއެކު ކަމުގައި ދަންނަވަންނެތްކަމަށެވެ. އެހެނެއްކަމަކު ސިޔާސީ ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެކަމަށްވެސް އަލީވަހީދު ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުން ދެއްވާ ފުރުސަތު ބޭނުން ކުރައްވަފާނަންތޯ، ދެންނެވި ސުވާލަށް އަލީ ވަހީދު ވިދާޅުވީ، އޭނާގެ ރައްޓެހި އަދުރޭވެސް އޭނާއަށް ގުޅާފައި މިފަހަރު ވާން ޖެހޭނީ އަދުރޭމެންގެކެމްޕެއިން ޓީމުގެ ވާހަކަށޭ ވިދާޅުވިކަމަށާއި ރައީސްސާލިހާއި ރައީސް ޔާމީނާއި ގާސިމްއިބްރާހީމަށް ވަރަަށްވެސް އިހުތިރާމް ކުރައްވާ ކަމަށާއި އެބޭފުޅުންނަކީ ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންކަމަށެވެ.

އަދިވެސް އިތުރަށް އަލީވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބަލާނީ ސުލްހަ މަސްލަހަތާއި ސުލްހަމަސަލަސް ކަމާއި އަމަން ކުރިއަށްދާގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"ދޫނިދޫ ރިސޯޓަކަށް ހަދާ ވެރިއަކަށް ކަންނޭނގެ އަޅުގަނޑު ތާއީދުކުރާނީ،" މަޖާޒީ ގޮތެއްގައި އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އެެހެން ވިދާޅުވީ، ކުށްމަދު ކުރަންޖެހޭ ކަމަށާއި، ވާނުވާ ޖަހައިފަ ޖަލަށް މީހުންލުން ނިމުމަކަށް ގެންނާނެ ކަމަށް މި ސަރުކާރު ގެނައުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ބުނެފައިވާކަން ފާހަގަކުރައްވާ ކަމަށެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގަަތީ މިއަދު މެންދުރު ފަހު 1:20ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ޓާކިޝް އެއާލައިންސްގެ ފްލައިޓަކުންނެވެ. އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދެވި އިނގިރޭސިވިލާތުގައި ހުންނަވައިގެން ސެޕްޓްބަރު 2021ގައި، އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަލީވަހީދު ވިދާޅުވީ ކޮންމެވެސް ބަޔަކު މިނިސްޓަރުކަމުގެ މަގާމުގެ ދަހިވެތިކަމުގައި ދޮގު ތުހުމަތު އަޅުވައި އޭނާގެ "ދުވަސް ދުއްވާލީ" ކަމަށެވެ.