ހުޅުމާލެ ފޭސް ދޭއްގައި، އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފްލެޓްތައް ހެދުމުގެ މަސައްކަތްކުރާ މީހުން ކެއުން ގޯސްވެގެން ކަމަށް ބުނެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން އެބަގެންދެ އެވެ.

ޖޭއެމްސީގެ ދެހާހެއްހާ މަސައްކަތްތެރިން ހަޅުތާލުކުރަމުންދަނީ ފޫޖަހައި، ކުނިވެ، ފުޅަ އަޅާފައި ހުންނަ ތަކެތި ބޭނުންކޮށްގެން ކެއުން ތައްޔާރުކުރާ މައްސަލައިގައި ކަމަށްވެއެވެ. އެތަނުގައި ތައްޔާރުކުރާ ކެއުން "ޖަނަވާރުންނަށް ވެސް ނުކެވޭނެ" ކަމަށްވެއެވެ. ތަނަށް ގެނެސްފައި ހުރި ތަރުކާރީތައް ހުރީ ވަރަށް ބޮޑަށް ކުނިިވެ ހަލާކުވެފައެވެ.

އެމީހުން ބުނީ އެމީހުންގެ ޝަކުވާތައް އެތަނުގެ ސުޕަވައިޒަރާ ހިއްސާކުރި ކަމަށެވެ. އިންޑިއާ މަސައްކަތްތެރިންގެ ވާހަކަ އާއި އެތަނުގައި މަސައްކަތް ކުރާ ބިދޭސީން ބުނިގޮތުގައި މަސައްކަތްތެރިން ހަޅުތާލުކުރަމުންދަނީ އެމީހުންގެ ކެއުން ބަދަލުވުމުންނެވެ. އެމީހުން ހިތްހަމަނުޖެހިގެން އުޅެނީ ތަކެތި ކުނިވެގެން ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

.މިއީ ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެ މީހުން ހަޅުތާލު ކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ވެސް ކާތަކެތީގެ މައްސަލަ އެމީހުން ވަނީ ފާހަގަކޮށްފައެވެ.