ޖޭއެމްސީގެ މުވައްޒަފުން ކެއުން ގޯސްވެގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުން އެބަގެންދެއެވެ.

އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރާ ފްލެޓްތައް ހެދުމުގެ މަސައްކަތްކުރާ މީހުން ކެއުން ގޯސްވެގެން ކަމަށް ބުނެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން އެބަގެންދެ އެވެ. ޖޭއެމްސީގެ 2،000 އެއްހާ މަސައްކަތްތެރިން ހަޅުތާލުކުރަން ފެށިތާ މިއަދަށް ދެ ދުވަސްވީ އެވެ.

ހަޅުތާލުކުރަމުންދަނީ ފޫޖަހައި، ކުނިވެ، ފުޅަ އަޅާފައި ހުންނަ ތަކެތި ބޭނުންކޮށްގެން ކެއުން ތައްޔާރުކުރަމުންދާތީ ކަމަށއްވެއެވެ. މިމޛިމ ބުނީ އެތަނުގައި ތައްޔާރުކުރާ ކެއުން "ޖަނަވާރުންނަށް ވެސް ނުކެވޭނެ" ކަމަށެވެ.

ޖޭއެމްސީގެ މުވައްޒަފުން ކެއުމަށް ގެނެސްފައި ހުރި ތަރުކާރީތަކެއްބަންްގްލަދޭޝްއަށް ނިސްބަތްވާ މުވައްޒަފު ބުނީ އެތަނަށް ގެންނަ ކުކުޅުމަހާއި ހަނޑޫ ފަދަ ތަކެތި ރަނގަޅު ކަމަށެވެ. އެކަަމަކު އެތަނަށް ގެނެސްފައި ހުރި ތަރުކާރީތައް ހުރީ ވަރަށް ބޮޑަށް ކުނިިވެ ހަލާކުވެފަ އެވެ.

މިއީ ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފަހުން އެ މީހުން ހަޅުތާލުކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ވެސް ކާތަކެތީގެ މައްސަލަ އެމީހުން ފާހަގަކުރި އެވެ.