ބ.ތުޅާދޫ، ތ.ވިލުފުށި އަދި ށ.ބިލެތްފަހީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

މިއެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި ކޮންޓްރެކްޓަރ ކެޕިޓަލް މެރިން އެންޑް ޗިވިލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ސިވަރާޖަ މަނިވައްނަން އެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓަރ ބިމާއި ވިލުފުށި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިމުގެ އިތުރުން އަދި ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ 56.34 ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.

42،450،783.48 ޑޮލަރުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.