އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ޑިމޮކްރެޓްސް ޕާޓީއަށް ސޮއި ކުރައްވާ އެޕާޓީއާއި ގުޅިވަޑައިގަތުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ޕަޓީއިން ބުނެފިއެވެ.

އެ ޕާޓީން ބުނެފައިވަނީ މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އާޓިފިޝާލްބީޗްގައި މިރޭ 8:30 ގައިކަމަށެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް މިމަހު 5 ވަނަ ދުވަހު ޢިއްޔާސުއްދީން ސްކޫލުގައި ބޭއްވުނު ޖަލްސާގައި ބައިވެރިވެވަޑައިގެން، ރައީސް ނަޝީދު ވަނީ އެ ޖަލްސާގައި ވާހަކަފުޅުވެސް ދައްކަވާފައެވެ މީގެ އިތުރުން އެމަނިކުފާނު އިސްވެ ހުންނަވާ، މިހާރު އުފައްދާފައިވާ، އަމިއްލަފުޅު ޕާޓީއަށް މިރޭ ސޮއިކުރެއްވުމަށް ހަމެޖެހިފައިވާއިރު، އޭނާ ގެންދަވަނީ އެޕާޓީގެ ހަރުގެ ޖަލްސާތަކުގައި ބައިވެރިވެޑައިގަންނަވަމުންނެވެ.

ދަ ޑިމޮކްރެޓްސް އިންވަނީ، އެ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ބާއްވާފައެވެ. އެޖަލްސާގައިވަނީ ޕާޓީގެ ލޯގޯއާއި ނަމާއި ކުލަ ފާސްކޮށް، ޕާޓީގެ ވަގުތީ ޗެއަރޕާސަންއަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހަސަން ލަތީފު ހަމަޖައްސާފައެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މެއި 24 ވަނަ ދުވަހުއެވެ.