ރ. ފުއްގިރީ މައްސަލައިގެ ދައުވާ އުފުލި އަހުމަދު ކްރިކް ރިޒާގެ ބައި އުނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.
ފުއްގިރީ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވާއިރު ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިން ގެންގޮސްފައިވަނީ އެކުއެކީގައެވެ.
އެހެންނަމަވެސަ ކްރިކްރިކް ރިޒާ ބަލިވެ އުޅޭތީ މިދިޔަ މަހުން ފެށިގެން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ. އަޑުއެހުންތައް ކެންސަލްވުމާއި ޝަރީއަތް ލަސްވަމުންދާތީވެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ރިޒާގެ ބައި އަނބުރާ ނެގުމަށް ކޯޓުގައި އިިއްޔެ ވަނީ އެދިފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ދައުލަތުން އެދިފައިވާ ގޮތަށް މި މައްސަލައިގެ އަޑުއެހުންތައް ދެން ކުރިއަށްޗގެންދާނީ ރިޒާގެ ބައި ނުހިމެނޭ ގޮތަށް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައިވެސް ކުރިއަށް ދިޔައީ ހެކިބަސް ނެގުމެވެ.