ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ޝަމްމޫން ޖަލީލް، "ލޫކަސް" ސަރުކާރުން އިސްތިއުފާ ދީފިއެވެ.

ސަރުކާރުގައި މަސައްކަތް ކުރުމުގަައި ފުރުސަތު ލިބުމަކީ ލިބުނު ތަޖުރިބާއެއް ކަމަށް ބުނެ، ލޫކަސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސާލިހަށް އޭނާ އިސްތިއުފާ ދިން ކަމަށާއި އަދި ރައީސް ޞާލިހު ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދަކުރާ ކަމަށްބުނެ ސިޓީއެއް ފޮނުވާފައެވެ.

މިހާތަނަށް ލޫކަސް ހުންނެވީ ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެޓަރުގެ މަޤާމުގައެވެ. ރައީސް ސާލިހް ވެރިކަމަށް ގެންނަން ކުރި ކެމްޕޭންގައި ވަރަށް ވަރުގަދައަށް ލޫކަސް ވަނީ މީސް މީޑިއާގައި ހަރަކާތްތެރިވިއެވެ.

އެހެން ނަމަވެސް ފާއިތުވި ދެތިން އަހަރު ލޫކަސް މީސް މީޑިއާގައި ސަރުކާރު ޕްރޮމޯޓް ކުރާ މަންޒަރެއް ނުފެނެއެވެ.

ލޫކަސްގެ ޓްވިޓާ އެކައުންޓް ވެސް މިހާރު ޕްރައިވެޓް ކުރިތާވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ.