ސަރުކާރުން ނ. ފޮއްދުއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ނުވަދިހަ ޕަސެންޓު ފުއްދިފައިވާ ކަމަށް އެރަށުގެ އެމްޑީޕީ އަދި އެމްޑީއޭގެ ކެންޕޭން ޓީމުތަކުން އިއްތިފާގުވާ ކަމަށް ހުޅުމާލޭ ދާއިރާގެ މަޖިސް މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ވެލިދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރާ ބެހޭ ގޮތުން ކުރެއްވި ޓުވީޓެއްގައި އޭނާ ވިދޅުވެފައިވަނީ "ފޮއްދޫ އެމް.ޑީ.ޕީ، އެމް.ޑީ.އޭ ކެމްޕޭންޓީމްތަކުން އިއްތިފާގުވަނީ މިރަށަށް ސަރުކާރުންވެފިއިވާ ވައުދުގެ%90 ފުދިއްޖެކަމަށް،"

ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކުރައްވައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވަން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގެންގުއްވާ ސިޔާސަތުގެ ދަށުން ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބުކުރަން ޖެހޭ ކަމަށް އެ ޓީމުތަކުން އިއްތިފާގުވާ ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކުންނާއި، އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ގެންދަނީ ފޯރިއާއެކު ކެންޕޭން ކުރައްވަމުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ސާލިހުވެސް ވަނީ ކެންޕޭނަށް އަމިއްލަފުޅަށް ވެސް ނުކުމެ ވަޑައިގެންފައެވެ.