"އެކްސްބީއެޗް މޯލްޑިވްސް" މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ) އެއްބައިވެގެން އުފެއްދި، މިގްރޫޕްގެ އަލަތު ކޮލާބް (ގުޅިގެން އުފެއްދި ފުރަތަމަ އުފެއްދުން) "މިއުޒިކް އިންޑަސްޓްރީ ޓީޝާޓު" މިރެއިން ފެށިގެން ލިބެން ހުންނާނެއެވެ. ކޮލާބް އޭ މިބުނަނީ އެކުގައި އެއްބައިވެގެން އެއްޗެއް ވުޖޫދަށް ގެނައުން، ނުވަތަ އެއްޗެއް އުފެއްދުމަށެވެ. އެހެންކަމުން އެކްސްބީއެޗް މޯލްޑިވްސް ގެ ފުރަތަމަ " "ކޮލާބް" ޓޯއީއާއެކުގައި ވުޖޫދަށް ގެނެވުނު މި ހިތްގައިމު ޓީޝާޓުން މިޔުޒިކާއި އާޓްސްގ ޖޯޝް އަދި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ހުރިހާ އަސަރެއް އެކުލެވިފައިވާކަން ޔަގީނެވެ.

ސްކޫލު ދައުރުން ފެށުނު ގާތް އެކުވެރިކަން ނެތި ނުގޮސް ޅަޒުވާން އުމުރުގައިވެސް ފަސްރަހުމަތްތެރިން ތިބީ އަތުގުޅާލައިގެންނެވެ. އަދި މި ޒުވާން ފަސްރަހުމަތްތެރިން ހުނަރާއި އިލްމާއި ހިލްމު ބޭނުންކޮށްގެން އާމްދަނީ ހޯދުމަށް މަސައްކަތެއް ފެށުމަށް ނިންމިއެވެ. ޒަމާނާ ގުޅޭފަދަ ފަރުމާއެއް ވުޖޫދަށް ގެނައުމަށް ފަސްސިކުނޑި އެއްކޮށްލުމަށްފަހު މަސައްކަތް ފެއްޓިއެވެ. އަދި ދެޖިންސުގެ ޒުވާނުންގެ ހިތް ދަމައިގަންނަ ކަހަލަ ދެޖިންސުގެ ޓީޝާޓު އުފައްދާ ގްރޫޕަކަށް ވެއްޖެއެވެ.

"އެކްސްބީއެޗް މޯލްޑިވްސް"ގެ ފޭސްބުކް އޮފިޝަލް ޕޭޖުވެސް ހަމަމިނަމުގައި އުފައްދައިފިއެވެ. ދަތުރުގެ މިސްރާބު ކާމިޔާބާއި ފާގަތިކަމުގެ މަންޒިލާ ދިމާއަށް ދިއުމަށް އަތުގުޅާލައިގެން ފެށިޓީއެވެ. ކާމިޔާބީގެ ފުރަތަމަ ހަރުފަތުން ކުރއަށް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. މި ޕޭޖުން އުފައްދާ ޓީޝާޓުތަކަށް ބޮޑަށް އިސްކަންދެނީ އެންމެ މަގްބޫލު "ރޮކް އެންޑް ރޯލް" އަދި "ހިޕް ހޮޕް" ފަރުމާތަކަށެވެ.

ކާމިޔާބީގެ އެސިޑީއެއްހަރުފަތުން އަނެއް ހަރުފަތަށް ދިއުމުގެ ގޮތުން އެކްސްބީއެޗް އިން "މިއުޒިކް އިންޑަސްޓްރީގެ" އެންމެ ފުރަތަމަ ޓީޝާޓު މިރޭ މާކެޓަށް ނެރޭނެއެވެ. "ލިމިޓެޓް އެޑިޝަންގެ"(ވަކިއަދަދަކަށް ތައްޔާރުކޮށްފައި) 10 ޓީޝާޓެވެ. މި ކަނޑައެޅޭ ވަކިއަދަދެއްގެ ޓީޝާޓަކީ "ސިމްބޮލިކްރިކޯޑްގެ" އެންމެ ހަރަކާތްތެރި އެއް ފަންނާނު ކަމަށްވާ "ޓޯއީ" އާ ގުޅިގެން ކުރިޔަށް ގެންދާ (ކޮލާބް - އެއްބައިވެގެން އުފައްދާފައިވާ) އުފެއްދުމެކެވެ.

'ސިމްބޮލިކްރިކޯޑް' އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރިކޯޑް ލޭބަލް ފޯމެޓް އަދި ފަހުގެ ތާރީޙުގައި އުފެދުނު އެންމެ އަސަރުގަދަ މިއުޒިކް ކުންފުންޏެވެ.

ޓީޝާޓުގެ ކުރެހުމުން ފެންނަ ގޮތުގައި މިއީ ޓޯއީއަށް ހާއްސަ ކޮށްގެން އޭނަގެ ނަމާއި ފޮޓޯ ފެންނަހެން ހަދާފައިވާ ޓީޝާޓެކެވެ. ޓީޝާޓުގެ ކުރިމަތީގައި "ކަތީބުދަރި" އާއިއެކު އެކްސްބީއެޗްގެ ލޯގޯ އަދި ޓޯއީގެ ލޯގޯވެސް ހިމަނާފައިވެއެވެ.އަދި ޓީޝާޓުގެ ފަހަތުގައިވަނީ ޓޯއީގެ ފޮޓޯ ތަކެކެވެ.މިއީ ލިމިޓެޓް ޓީޝާޓުތައް މިރޭ ނެރެން ހަމަޖެހިފައިވާއިރު އެ ގަންނަން ލިބެން ހުންނާނީ "އެކްސްބީއެޗް މޯލްޑިވްސް" ގެ އިންސްޓަގްރާމް ޕޭޖު ނުވަތަ އެފްބީ ޕޭޖްއިންނެވެ.ނުވަތަ އެތާ ނަންބަރު "7711131" އަށްވެސް ގުޅިދާނެއެވެ.

"ސްޕޯޓްސް އެވޯޑް" ހަފުލާގައި ޓޯއީ ލާފައިވާ ޓީޝާޓުގައިވެސް އެކްސްބީއެޗްގެ ލޯގޯ ވަނީ ހިމަނާފައެވެ. ހަމައެހެންމެ ކުޑަ އީދުގައި ސިމްބޮލިކްރިކޯޑްގެ 'ޓްރެވެލިން ކިޓްސް' ސޮޕްންސަރ ކުރީވެެސް 'އެކްސްބީއެޗް މޯލްޑިވްސް' އިންނެވެ.