ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ، އަލިފާން ރޯކޮށްލާފައިވަނީ ވިލިނގިލީ ޔޫތު ސެންޓަރުގެ ގޯތި ތެރޭގައި ހުރި ފުޓްސަލް ދަނޑުގައި އަޅާފައި އޮތް މެޓުގައި ކަމަށެވެ. އެ މެޓްގެ 80 ޕަސެންޓް އަނދާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފުޓްސަލް ދަނޑުގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 7:54 ހާއިރުއެވެ. އެ މައްސަލަ ރިޕޯޓް ކުރީ އެ ސަރަހައްދުން ހިނގާފައި ދިޔަ މީހަކަށް ފެނިގެންނެވެ.

އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.