އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 53 ވަނަ ބައްދަލުވުން މިދިޔަ ހުކުރު ދުވަހު ޖެނިވާގައި ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާފައިވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 53 ވަނަ ސެޝަންގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އަދި ދާއިމީ މަންދޫބު އޮނަރަބަލް ޑރ.އާސިމް އަޙްމަދެވެ. އަދި އޭޝިއާ ޕެސިފިކް ގްރޫޕް ތަމްސީލްކުރައްވާ ކައުންސިލްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ކައުންސިލްގެ ގިނަ ބައްދަލުވުންތަކެއް ގެ ރިޔާސަތު ބެލެހެއްޓެވީ ޑރ އާސިމް އަހުމަދެވެ.

މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން 31 ގަރާރެއް ފާސްކޮށްފައިވާއިރު، ރާއްޖެއިން ވަނީ ތީމެޓިކް ދާއިރާއާ ބެހޭގޮތުން 32 ގައުމީ ބަޔާނެއް ދީފައެވެ. އޭގެތެރެއިން ރާއްޖެއިން ކޯ-ސްޕޮންސަރކުރި 14 ޤަރާރުތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއި، އިންސާނީ ޙައްޤުތައް ލިބިގަތުމަށް ތަރައްޤީގެ ޙިއްޞާއާއި، އިންސާނީ ޙައްޤުތައް ލިބިގަތުމަށް ކޮރަޕްޝަންގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ ހާއްސަ ރެޕަޓުއަރގެ މެންޑޭޓް އާކުރުން ހިމެނެއެވެ.

ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ބެހޭ ގޮތުން ހާއްސަ ރެޕަޓުއާގެ މެންޑޭޓާ ގުޅޭ ގަރާރު އެކުލަވާލި ކްރޮސް ރީޖަނަލް ކޯ ގްރޫޕުގައި ރާއްޖެ ހިމެނެ އެވެ. މި ގަރާރުގެ މައިގަނޑު މަގްސަދަކީ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާގެ މެންޑޭޓް އިތުރު ތިން އަހަރަށް އާކުރުމެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނީ ގަރާރަކީ އިއްތިފާގުން ފާސްކުރި ގަރާރެއް ކަމަށާއި އެ ގަރާރު ފާސްކުރި އިރު 71 އަށް ވުރެ ގިނަ ކޯ ސްޕޮންސަރުން ވަނީ އެ ގަރާރަށް ތާއީދުކޮށްފައިކަމަށެވެ.

މީގެ އިތުރުން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އެދުމުގެ މަތިން، ކީރިތި ޤުރުއާނުގެ މާތްކަމަށް ދާދި ފަހުން ދިން ހަމަލާތަކަށް ސަމާލުކަން ދިނުމުގެ މަގްސަދުގައި މިމަހުގެ 11 ވަނަ ދުވަހު ވަނީ އަވަސް ބަހުސެއް ބާއްވާފައެވެ.

"ދީނީ ނަފްރަތު ނައްތާލުމަކީ ތަފާތުކުރުމަށާއި، ދެކޮޅުވެރިކަން ނުވަތަ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިނުން" މި ގަރާރުގެ ފަޚުރުވެރި ކޯ ސްޕޮންސަރަކީ ދިވެހިރާއްޖެއެވެ. 53 ވަނަ ދައުރުގައި ކުއްލި ބަހުސަކަށް ފަހު ފާސްކުރި މި ގަރާރުގައި ވަނީ ކީރިތި ގުރުއާނަށް ފުރައްސާރަ ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

ކޯ-ސްޕޮންސަރ ތަކަަށް ބަލާލާއިރު ރާއްޖެއިން ވަނީ ކައުންސިލްގައި ދީފައިވާ 34 ޖޮއިންޓް ސްޓޭޓްމަންޓް ކޯ ސްޕޮންސަރ ކޮށްފައެވެ. އޭގެ ތެރޭގައި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ ބަޔާންތައް ހިމެނެއެވެ.

ރާއްޖޭގެ ކުދި ރަށްތަށް ތަރައްގީކުރަމުން އަންނަ ދައުލަތް (ސިޑްސް)ގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕެނަލް ޑިސްކަޝަންގައި، ކާބޯތަކެތީގެ ޙައްޤު ފުރިހަމައަށް ޙާޞިލުކުރުމާ ބެހޭގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ މައުޟޫއަށް ދެއްވި ބަޔާނެއްގައި، ކާބޯތަކެތީގެ ޙައްޤު ފުރިހަމައަށް ޙާޞިލުކުރުމަށް ދިވެހިރާއްޖެއާ ސިޑްސް ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދީފައިވެއެވެ.