އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖާ ރޭޕް ކުރުމަށްފަހު މަރާލި މީހާ ވަނީ ކަރާޗީން ހައްޔަރުކޮށްފައެވެ.

އާއިލާ މީހުން ކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ، ބެޑްޝީޓަކަށް މީހަކު ބަރު އެއްޗެއް ލައިގެން ދަނިކޮށެވެ. މި މީހާ ހިފަހައްޓާ ފާސްކުރުމުން މައްޔިތާ އެއިން ފެނުނެވެ.

ކިޔާލަން: ނައިޖޭރިއާގައި ރޭޕިސްޓުން ހޯޖާ ކުރަނީ

މި ކުއްޖާގެ އަވަށްޓެރިޔާ، ހައްޔަރުކޮށް ތަހުގީގު ކުރުމުން ބައެއް ފަހަރު އޭނާ ވަނީ އޭނާގެ ޖަރީމާއަށް އިޢްތިރާފް ވެފައެވެ، އަނެއް ބައިފަހަރު އޭނާ ވަނީ އިންކާރު ކޮށްފައެވެ.

ކިޔާލަން: 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައިފި

ފުލުހުން ބުނެފައިވަނީ ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ސާބިތު ހެކި ހުރިކަމުގައެވެ.

މައްޔިތާ ވަނީ އޮޓޮޕްސީއަށް ހަވާލުކުރެވިފައެވެ.

ކިޔާލަން: ފުލުހުންގެ ވެރިޔާއަށް ރޭޕް ބޮޑުކަމަކަށް ނުވި

މިމަހގެ ކުރީކޮޅު ފަސް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ކަރާޗީގައި މަރާލާފައި ވެއެވެ.

2019 ވަނަ އަހަރުވެސް ކުޑަކުދިން ރޭޕްކޮށްފައިވާ 2846 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ޕާކިސްތާންގެ އެންޖީއޯ ސާހިލް އިން ބުނެއެވެ.