އެޗްޕީއޭގެ އުސޫލާއި ހިލާފަށް މާލެއިން ގއ.މާމެންދޫއަށް ދިޔަ މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ އުސޫލާއި ހިލާފަށް މާލެއިން މާމެންދޫ އަށް މިއަދު ދިޔަ މީހަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ފިޔަވަޅު އެޅުމަށްފަހު އޮންނަ އުސޫލުގެ ތެރެއިން މާމެންދޫ ކައުންސިލާއި އެމީހާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މާމެންދޫ ގައި މީހުން ކަރަންޓީނު ކުރެވޭނެ ގޮތެއް ނެތުމުން ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ މިރޭގެ ވަގުތެއްގައި ވަނީ ގއ.ނިލަންދޫ އަށް ގެންގޮސް އެ ރަށު ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.