ސަތޭކަ ދަރިވަރަކު ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް އާބަންކޯއިން ފަށައިފިއެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެން ހިންގާ މި ޕްރޮގުރާމް މިއަދު އިފްތިތާހު ކުރީ ހުޅުމާލޭ ޝްވެކް ސިނަމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އާބަންކޯއިން ބުނީ މީހުން ތަމްރީނު ކުރަން ހަމަޖެހިފައިވަނީ ޖުމްލަ އެގާރަ ދާއިރާއަކުންކަމަށެވެ. މި ޕްރޮގުރާމް ފުރިހަމަކުރާ ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމާއެކު، އެމްކިއުއޭ(މޯލްޑިވްސް ކޮލިފިކޭޝަން) އިން ގަބޫލުކުރާ ލެވެލް ތިނެއްގެ ސަނަދެއް ލިބޭނެ ކަމަށެވެ.
ބައިވެރިން ތަމްރީނުކުރަން ހަމަޖެހިފައިވާ ދާއިރާތަކަކީ؛
- ވެލްޑިން
- ހެވީވެހިކަލް
- ގާރޑަނިން
- ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް
- އިންވެންޓްރީ މެނޭޖްމަންޓް
- ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
- ހައުސްކީޕިން
- ފްރަންޓް އޮފީސް ސާވިސަސް
- ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
- ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް
ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންސަރުކާރުގެ އެޕްރެންޓައިސްޝިޕް ޕްރޮގުރާމަކީ ޔޫތު މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. ކޮވިޑާ ގުޅިގެން ވޯލްޑު ބޭންކުގެ އެހީގައި އެކުލަވާލި، އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ އެހީގައި ހިންގާ އެ ޕްރޮގުރާމް އާބަންކޯގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތައް މެދުވެރިވެގެން ވެސް ހިންގައެވެ.
މިޕްރޮޖެކްޓުގެ އަމާޒަކީ އެކި ދާއިރާތަކުން ފަންނީ ތަޖުރިބާއާއި ތަމްރީނު ދިނުމެވެ. އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްވަނީ އެ އަމާޒަށް ވާސިލުވުމަށް ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.