ހުޅުމާލެއިން ކަރަންޓްގެ ހިދްމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ މިއަދު ހެނދުނު 10:30 ކަންހާއިރު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފޭސް 1 އަދި 2ގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިކަމަށެވެ.

''ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑިފައިވަނީ ވިނަރެސް ފްލެޓް ކައިރިން ވަޅު ކޮނުމުގެ ތެރޭގައި ކޭބަލްއެއް ކަނޑައިގެން ދިއުމުގެ ސަބަބުންކަމަށެވެ.

އަދި ފޭސް 1ގެ ބައެއް ސަރަހައްދު ތަކަށް މިހާރު ކަރަންޓް ވަނީ ދޭން ފަށައިފައި ކަމަށާއި ނަމަވެސް ފޭސް 2 އިން ކަރަންޓް ގޮސްފައިވާ ސަރަހައްދުތަކަށް ކަޓަރަންޓް ފޯރުކޮށްދެވޭނީ ކަނޑައިގެން ދިޔަ ކޭބަލްގެ މައްސަލައަށް ހައްލެއް ގެނެވެގެން ކަމަށްވެސް އޮފިޝަލަކު ވިދާޅުވިއެވެ.