ދަ ޑިމޮކްރެޓްސްގެ ވިޔަފާރި ސިޔާސަތު "ފަސޭހަ ވިޔަފާރި" ލޯންޗް ކުރުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީގެ އެން.އޯ.ސީ ހޯލްގައި ބާއްވާ މި ރަސްމިއްޔާތަށް ވަނީ އެރަށު ރައްޔިތުންނަށް އެ ޕާޓީއިން ވަނީ ދައުވަތުއަރުވާފައެވެ.

މި ރަސްމިއްޔާތު ފަށާނެ ގަޑިއަކީ މިރޭ 20:15 ގައި ކަމަށްވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މެއި 24 ވަނަ ދުވަހުއެވެ.