އޮޅުވެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ރޫމް ބޭނުން ނުކުރެވޭ ވަރަށް އަދައި ހުލިވެއްޖެއެވެ.

އެމްއެންޑީއެފުން ރޭ ބުނީ އޮޅުވެލޮ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ލިބިފައިވަނީ ރޭ 12:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އޮޅުވެލި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރިސޯޓުގެ ހަތަރު ރޫމުގެ ބްލޮކެއްގެ ތެރެއިން ދެ ރޫމް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިކަމަށެވެ.

އެމްއެންޑީއެފް ފަޔާ ޓީމު ރިސޯޓަށް ދިޔައިރު، ރިސޯޓުގެ މުވައްޒިފުން ވަނީ އަލިފާން ނިއްވާލާފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވެއެވެ.