ރިޔާސީ ކެމްޕެއިނުގައި ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެެއިން ހއ. ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވައިފިއެވެ.

ކެމްޕެއިން ޓީމާއެކު އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހޯރަފުށީގެ އިތުރުން، ތުރާކުނާއި، އުލިގަމާއި، މޮޅަދޫގެ އިތުރުން އިހަވަންދުއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުގައި ރައީސް ޞާލިޙު ވަނީ ކ.އަތޮޅަށާއި، ށ.އަތޮޅަށާއި، މ އަދި ވ އަތޮޅަށް ވެސް ވަޑައިގެންފައެވެ.

ރައީސް ޞާލިޙު އަތޮޅުތެރޭގެ ކެމްޕެއިން ފެއްޓެވީ ށ އަތޮޅުންނެވެ.