އިންޑިއާގެ ދެ މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފިއެވެ.

އިމިގްރޭޝަނުން ނެރުނު އިއުލާނުގައިވާ ދެ މީހުންނަކީ ކޮޔާ ކާލިއާތު ހާލިދު، 78، އާއި އިލިޔާސް އަންސާރީ ކާލިއާތު ކޮޔާ، 34، އެވެ.

މަައުލޫމާތު ލިބިފަައިވާގޮތުގައި ގޮތުގައި މިއީ ދެބަފައިންނެވެ.

މީގެއިތުރުން އިމިގްރޭޝަނުން ވަނީ މި ދެ މީހުން ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފައެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުން މީގެ ދެތިން ދުވަސް ކުރިން އެ މީހުން ރާއްޖެއިން ވަނީ ފުރާފައެވެ