ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް، އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބައްދަލުވުން ޖޭޕީގެ މައި އޮފީސް މ.ކުނޫޒްގައި ފަށައިފިއެވެ.
މި ތިން ލީޑަރުންނާއި ޕާޓީތަކުގެ އިސްބޭފުޅުންވެސް ވަނީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މިފަަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އިިދިކޮޅު ތިން ޕާޓީއަކުން އެއް މޭޒެއްގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްވަރާއެވެ.
ނާޒިމާއި ގާސިމް އިއްޔެވެސް ވަނީ ސަން އައިލެންޑު ރިސޯޓުގައި ބައްދަލު ކުރައްވާފައެވެ.
މިއަދު ކުރިއަށްމިދާ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމްއިން ބައިވެރި ވެފައި ނުވެއެވެ. އެޕާޓީން ބުނެފައިވަނީ އެޕާޓީން މިފަހަރުގެ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓެއް އަދި ޕާޓީއެއްގެ ފަހަތަށް ނާރާނެކަަމަށެވެ.