ޖުމްހޫރީޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި ތައުލީމު ނުލިބޭ އެެއްވެސް ޒުވާނަކު ނުހުންނާނެކަމަށާއި އަދި ވަޒީފާ ނުލިބޭ ޒުވާނަކުވެސް ނުހުންނާނެކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ މިރޭ، ބްރިޖްވިއު ޕްލެޓްފޯމުގައި މާލޭ ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖޭޕީން ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވިއްޖެނަމަ، އެމަނިކުފާނުގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަންކެރޭ ހުރިހާ ބޭފުޅުންނަށްވެސް، ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ސްކިލްހުރި ބޭފުޅުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ، ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި ގާސިމްގެ ސަރުކާރެއްގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެކަމަށް މިރޭ ދެއްކި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ

ގާސިމް ވިދާޅުވީ އެގޮތަށް ވިދާޅުވާއިރުވެސް ވަޒީފާއަކަށްދާއިރު، އެކުއްޖެއްގެ ސްކިލްހުރި ގޮތަކުން، އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެކުއްޖަކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުންވެސް އޮންނާނެކަމެއްކަން އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވަން ބޭނުންފުޅުވާ ނުކުތާއަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެކަމެވެ.

މީގެ އިތުރުންވެސް ގާސިމްގެ ވާހަކަފުޅުގައި ކޮންމެ ކުއްޖަކީވެސް ތައުލީމީ ގޮތުން ރަނގަޅު ގާބިލް ކުއްޖަކަށް ހެދުމަށްޓަކައި، ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާގޮތަށް، ރާއްޖޭންނާއި، ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއްވެސް ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެބޮޑަށް އަހަންމިއްޔަތުކަން ދޭނެކަމެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މިރޭގެ މިރަސްމިއްޔާތު ފަށާފައި ވަނީ ނުހަނު ފޯރިގަދަބޮޑުބެރު ހަރަކާތަކުންނެވެ. ޒުވާނުންގެ މިފަރި ހަރަކާތުން ފެށިގެންދިޔަ މި ބައްދަލުވުމަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ހާޒިރުވެފައެވެ.