މާލޭގައި، އަމިއްލަ ނަފުސަށް އަނިޔާދޭން(މަރުވާން) އުޅުނު ފުލުހަކު ސަލާމަތްކޮށް ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި"ހާލަތުގައި" ފުލުސްމީހާ، ކޮޓަރީގެ ތެރޭގައި "ހުއްޓާ" އޭނާގެ އަނބިމީހާއަށް ފެނިގެން ވަނީ ސަލާމަތް ކޮށްފައެވެ. މިފުލުސްމީހާގެ ދެކުދިން ތިބޭކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. މިކަން ހިނގާފައި ވަނީ އެމީހުން ދިރިއުޅޭ ގޭގައިކަމަށްވެއެވެ.

މިހާރު މިމީހާއަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށްވެސް ވަނީ އެނގިފައެވެ. އައިސީޔޫގައި ފަރުވާދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.

މިކަމާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ކަމުގެ ތަފްސީލު ހޯދަން ފުލުހުންނަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅައި މެސެޖުކޮށް ހެދުމުންވެސް ފުލުހުންގެ ވަކި ޖަވާބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ މިކަން ހިނގިކަން ނޫހަކަށް ކަށަވަރުކޮށްދީފައެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިކަމަށްވެއެވެ.