އިންޑިއާގެ ކުއްލި ހަމަލާއަކަށް ތައްޔާރަށް ތިބުމަށް ޗައިނާގެ ކުރީގެ ޖެނެރަލަކު އަންގައިފިއެވެ.

ވާންގ ހޮންގގުއާން ބުނިގޮތުގައި އިންޑިއާއިން އެއްލައްކަ ސިފައިން ޖަމާކޮށްފައި ވެއެވެ. އަދި މަދު ގަޑި އިރެއްގެ ތެރޭގައި ޗައިނާގެ ސަރަހައްދަށް އިންޑިއާ ސިފައިންނަށް ވަދެވިދާނެއެވެ.

ކިޔާލަން: މުޅި ގަލްވާން ވާދީއަކީ ޗައިނާގެ ތަނެއްކަމަށް ޗައިނާއިން ބުނޭ

ޗައިނާގެ ޑިފެންސް ދާއިރާއާ ގުޅޭ މީސްމީޑިއާ އެކައުންޓެއްގައި ތެފްޓިނެންޓް ޖެނެރަލް (ރޓ) ވާންގ ބުނީ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ބަލަހައްޓަން އިންޑިއާއަށް ބޭނުން ވަނީ އެންމެ ބައިލައްކައެއްހާ ސިފައިންނެވެ. ފިނި މޫސުމާ ކުރިމަތިލުމަށް ސިފައިން މަދުކުރުމުގެ ބަދަލުގައި އިންޑިއާއިން ވަނީ ސިފައިން ލަދާކް ސަރަހައްދަށް އިތުރުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ސިފައިންގެ އަދަދު ހޯދައި އަންދާސާ ކުރީ ކިހިނެއްކަމެއް ބުނެއެއް ނުދެއެވެ.

ކިޔާލުމަށް: ޗައިނާއަށް ޖާސޫސްކޮށްދިންކަމަށް ތުހުމަތުކޮށް ނޫސްވެރިޔަކު ހައްޔަރުކޮށްފި

އޭނާ އިތުރަށް ވިދާޅުވީ، އިންޑިއާ ސިފައިން ތިބީ ޗައިނާގެ ބިމާއި އެންމެ 31 މޭލު ދުރުގައެވެ. ހިނދުކޮޅެއްގެ ތެރޭގައި އެމީހުންނަށް އަނެއް ފަރާތަށް ހުރަސް ކުރެވިދާނެ ކަމުގައި އޭނާ އިންޒާރު ދިނެވެ.

ވާންގއަކީ ނާންޖިން މިލިޓަރީ ރީގަން (މިހާރުގެ އީސްޓާން ތިއޭޓަރ ކޮމާންޑް)ގެ ކުރީގެ ޑެޕިއުޓީ ކޮމާންޑަރެވެ.