ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ފާރިސް މައުމޫން ނެރުމުގެ މަސައްކަތް އެޕާޓީއިން ފަށައިފިއެވެ.

ރަސްމީކޮށް އެކަން އިއުލާނު ނުކުރި ނަމަވެސް ނުރަސްމީކޮށް އެކަން ނިންމާފައިވާ ކަމަށް އެމްއާރްއެމްއިން މައުލޫމާތުދެއެވެ.

އެމްއާރްއެމްއިން ހާމަކޮށްފައިވާ ގޮތުގައި އެޕާޓީގެ މެމްބަރުން ހަމަ ނޫންކަމަށް އީސީން ބުނިކަމުގައި ވިޔަސް މެމްބަރުން ހަމަވާނެއެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅާފައި ކަމަށާއި ވަރަށް އަވަހަށް މައްސަލަ ތާވަލު ކުރެވޭނޭ ކަމަށްވެސް އެމްއާރްއެމްއިން ބުނެއެވެ.

އީސީގެ ލިސްޓުގައިވާގޮތުން އެމްއާރްއެމްގައި މިވަގުތު ތިބީ 2،892 މެންބަރުންނެވެ. އެހެންނަމަވެސް މިކަމާ އެމްއާރްއެމްއިން ބުނަނީ އީސީން ބޭނުންވީމާ ދޮގު މައުލޫމާތު ފަތުރާކަަމަށާއި މިއީ ތެދުނޫން މައުލޫމާތެއްކަމަށެވެ.