ހއ.ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ވެސް ވަނީ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށާއި 58 މީޓަރުގެ ސަރަހައްދެެއްގައި ގްރޮއިން ޖެހުމަށާއި 81 މީޓަރުގެ ސަރަހައްދެއްގައި ޗެނަލް ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން 49 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށާއި 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށާއި 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ރޭމްޕެއް ހެދުމާއި ސްކޯރ އޭޕްރަނެއް ހެދުމާއި 9,270 އަކަ މީޓަރުގެ ސަަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި މޫރިންގ ބޯއީސް ހަރުކުރުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުއަކީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.