ނަޒީރު ޝިހާމް، ކާއްޓެ އިންސްޓަގްރާމްގައި މިކިޔަނީ ކީކޭބާ؟ އަސްތާ! ކާއްޓެ މިދައްކަނީ ފިސާރި އުފާވެރި ވާހަކައެއް އިނގޭތޯއެވެ. ބައިސްކޯފު އިންސްޓަގްރާމްގައި ކާއްޓެ މިދިން ހަބަރަކީ ޔަގީނުންވެސް މި 26ގައި ލިބޭނެ އެންމެ އުފާވެރި އެއްހަދިޔާގެ ވާހަކައެވެ.

"ގޭގައި ތިބެގެންވެސް ބަލަންވީ، ފޯނުންވެސް ބަލަންވީ، ޓީވީންވެސް ބަލަންވީ، ބޭނުން ކޮންމެ ގަޑިއެއްގައި ބަލަންވީ،" ކާއްޓެ އެބުނަނީ އުފާވެރި ވާހަކައެކެވެ. މާދަމާ އާދެ ޖުލައި 26 އިން ފެށިގެން "ވަނާޖުބޭސާ" ބަލަން ލިބެން ހުންނާނެ ވާހަކައެވެ. ބޭނުން ކޮންމެ ގަޑިއަކު ބެލޭނެ ވާހަކައެވެ. އެކަމަކު އެހެންވާނެހެއްޔެވެ.

އާދެ، އެހެންވާނެއެވެ. ވަނާޖުބޭސާ އަންނަނީ ބައިސްކޯފަށެވެ. ބައިސްކޯފް އެޕުން ބޭނުން ވަގުތަކު ބޭނުން ވަރަކަށް ބަލަންވީއެވެ.

"ވަނާޖުބޭސާ' އޭ ބުނީމަ މިހާރު ދިވެހިންގެ ތެރޭގައި ނޭނގޭ ފަރާތްތައް މަދުވާނެއެވެ. މިދިޔަ އޭޕްރީލް މަހު އޮލިމްޕަހުގައި އެޅުވި މި ހެއްވާ މަޖާ ފިލްމަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ނަން މަޝްހޫރުވަމުން އަންނަ ކޮމީޑިއަނުން ކަމަށްވާ ނަޒީރު ޝިހާމް، ކާއްޓެއާއި ހުސައިން ސާދު، މަޓޭގެ މޮޅު އެކްޓިންގ ފެނިގެންދާ ފިލްމެކެވެ.

https://fb.watch/m23vDHrPzS/

މިފިލްމުގެ އެންމެ ހާއްސަކަމަކީ މިއީ "ފްރީ ޑައިލޮގް"ގެ ފިލްމަކަށްވީކަމެވެ. މާނައަކީ ޑައިރެކްޓަރ މިއޭ ސީންއަކީ މިހެންނޭ ވާންޖެހޭނީ ބުނުމުން ޑައިލޮގްތަކާއި ހަރަކާތްތައް އަމިއްލައަށް ގެނެސްދީފައިވާ ވާހަަކައެވެ. މިހެންކަމަށްވުމާއެކުވެސް މިފިލްމު ބެލި ގިނަ ފަރާތްތަކުން ފިލްމަށް ކޮށްފައިވަނީ ހައްދެއްނެތް ތައުރީފެވެ. ދެވަނައަދި ތިންވަނަ ފަހަރުވެސް މި ފިލްމު ބަލަން ބޭނުންވެގެން އޮލިމްޕަހުން ޓިކެޓް ނަގައިގެން ދިޔަ މީހުންވެސް މަދެއްނޫނެވެ. މިހާރު ދެން މިއޮތީ އެކަންވެސް ވަރަށް ފަސޭހަކަމާއެކު ވާނެގޮތެއް މެދުވެރިވެފައެވެ.

"ބައިސްކޯފަށް" 'ވަނާޖުބޭސާ' މިއަންނަ ސަބަބަކީ ހަމަ ބެލުންތެރިންގެ ތަރުހީބާއި ލޯތްބެވެ. 'ވަނާޖުބޭސާ'އަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ ފަރާތްތަކަށްވެސް އެ ފިލްމު ފެންނާނެ ގޮތް ހަދަން، އޭގެ ބައިވެރިން ބޭނުންވި އެވެ. މިގޮތުގެ މަތިން އެންމެނަށް މި ފިލްމު ފެންނާނެހެން ބައިސްކޯފުން ފިލްމު ބެލޭނެ އިންތިޒާމު މިހާރު މިވަނީ ހަމަޖައްސާ ނިންމާފައެވެ. އެހެންކަމުން މާދަމާއިން ފެށިގެން އެއްވެސް އުނދަގުލަކާނުލައި ބައިސްކޯފުން 'ވަނާޖުބޭސާ' ބެލޭނެއެވެ.