ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިނިވަން 58 ގެ ނަމުގައި ހާއްސަ އޮފާއެއް މިއަދު ތައާރަފްކޮށްފި އެވެ.
މިނިވަން58 ޕެކް
މިނިވަން ދުވަހާއި ކުރިއަށް އަތް ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ މިނިވަން58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. އެންމެ 50 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ހަމައެހެންމެ، #1*929* އަށް ގުޅުއްވައިގެން ނުވަތަ D50 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރެއްވުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ.
"ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެހައި ދިވެހިންނަށް ތަހުނިޔާ ދަންނަވަން. މި ހާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފަރ އެއް. މި އޮފަރ އަކީ ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެ އޮފަރ އެއްކަމަށް އުއްމީދުކުރަން." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ 26 ޖުލައި 2023 އިން ފެށިގެން 31 އޮގަސްޓް 2023 ގެ ނިޔަލަށް ނެންގެވޭނެއެވެ.
އުރީދޫ ގެ މެނޭޖްމަންޓް އަދި މުޅި ޓީމުން އުރީދޫގެ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރާ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.