މިނިވަން ދުވަސްފަދަ ބަންދު ދުވަހަކީ އާއިލާގެ އެންމެނާއެކު މެންދުރުގެ ކެއުން ނޫނީ ރޭގަނޑު ކެއުން ވިޔަސް ނުވަތަ ހަވީރުގެ ސައި ވިޔަސް އެއްސުފުރާމަތިން ބައްދަލުކޮށްލުމަށް އެންމެ ރަނގަޅު ވަގުތެއް ލިބޭނޭ ދުވަހެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި ގޭގެ ބަދިގެއިން ތައްޔާރުކޮށްލާ ރަހަމީރު ކާތަކެތިން އާއިލާގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެއެވެ. ގެއަށް އަންނަ ހުރިހާ އެންމެނަށް މީރު ރަހަ ދައްކާލުމަށް ބޭނުންވާ ސާމާނު އެއްތަނަކުން ފަސޭހަކަމާއެ ހޯދުމަށް ހެޕީމާކެޓް ވަރެއް ނޯންނާނެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަޝްހޫރު އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު "ވެގާ" ބްރޭންޑަކީ މިފަދަ ދުވަހެއްގައި ކާތަކެތި ތައްޔާރުކޮށްލުމަށް ހިޔާރުކޮށްލަން އެކަށީގެންވާ ރަނގަޅު ވައްތަރެކެވެ. ދަޅުކާނާގެ މި ބްރޭންޑްގައި ބޭނުންވާ ކޮންމެ އެއްޗެއްވެސް ލިބެން ހުންނާނެއެވެ. "ވެގާ" ބްރޭންޑްގެ ފުރުޓްކޮކްޓެއިލް އާއި ގެރިކިރު ބޭނުންކޮށްގެން ފޮނިއެއްޗެއް ތައްޔާރުކޮށްލެވިދާނެއެވެ.

މިބްރޭންޑްގެ ބޭކެޑްބީންސް، ކިޑްނީ ބީންސް، ޗިކްޕީސް، ގްރީންޕީސް މިހަތަރު ވައްތަރު ބޭނުންކޮށްގެން އެކިވައްތަރުގެ ކާތަކެތި ތައްޔާރުކުރެވިދާނެއެވެ. އަދި މިފަދަ އާއިލީ އެއްވެލުމަކަށް ކޭކެއް އަޅަން ކޭކުފުށުން އަޅާ އާދައިގެ ކޭކުގެ ޓޮޕިންގްސް ތައްޔާރުކޮށްލުމަށް ޕުރާޓޯސް ބްރޭންޑްގެ ވިޕިންގކްރީމް ހޯއްދަވާށެވެ. އެއްތަނަކުން އެއްވަގުތެއްގައި އެހާމެ ލުއި އަގުތަކެއްގައި ބޭނުންވާސާމާނު ހޯއްދެވުމަށް ހެޕީމާކެޓް މިއީ ހަމަ ދެވަނައެއް ނެތް މާޓެއް އިނގޭތޯއެވެ.

ރާއްޖޭގެ ފުރަތަމަ ކޯލްޑް ސްޓޯރޭޖް އޮޕަރޭޓިން ކުންފުންޏެއްގެ ގޮތުގައި 1992 ވަނަ އަހަރު އުފެދުނު ހެޕީމާކެޓްގެ މި ވިޔަފާރީގެ މައިގަނޑު އިސްކަމެއް ދީފައިވަނީ އާންމުންނަށް ދުޅަހެޔޮ ސިއްހަތަށް ފައިދާހުރި ރަނގަޅު ކޮލިޓީގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ބްރޭންޑްތަކުން ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

އެގޮތުން ހެޕީމާކެޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޮޕް ކޮލިޓީ ބްރޭންޑްތައް ހޯދަނީ މޮޅު ޑިސްޓްރިބިއުޓަރ ނެޓްވޯކެއް ބެލެހެއްޓުމުންނެވެ. ހެޕީމާކެޓުން ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރާ ބާވަތްތަކުގެ ތެރޭގައި، ފްރޯޒެން ފުޑްސް، ޑެއިރީ ޕްރޮޑަކްޓްސް، ބެކަރީ ގޫޑްސް، ޑްރައި ފުޑްސް، ޖޫސް، ކޮންޑިމެންޓްސް ފަދަ އަދިވެސް އެތައް ބާވަތްތައް ހިމެނެއެވެ..