މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމް އަންނަ އާދީއްތަ ދުވަހު ފެށޭއިރު، ބޭބީ ނާސަރީ އާއި އަދި ނާސަރީގެ ކިޔެވުން ވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމް 10 ޖެނުއަރީ 2021 ގައި ފެށޭއިރު، ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެ ކަމަށެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އަންނަ އާދީއްތަ ދުވަހު ކިޔެވުން ފެށޭނީ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލުތައް އަލުން ހުޅުވާއިރު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދު ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދެވަނަ ޓާމު އަންނަ އާދީއްތަ ދުވަހު ފަށާއިރު ޖޫން 24 ގެ ނިޔަލަށް ދެވަނަ ޓާމު ދެމިގެން ދާނެއެވެ.