މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިންގާފައިވަނީ ހ. ތިން ނޫނުގޭގެ 5 ވަނަ ފަންގިފިލާގައިކަމަށާއި މި ހާދިސާގައި ދެ މީހަކު ފިހި އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 12:31 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގީ ގޭސް ފުޅި ގުޅާފައި އިން ނަޓެއް ދޫވެ، ގޭސް ލީކުވެގެން ކަމަށެވެ. އަދި ހާދިސާ ރިޕޯޓުކުރީ، އެ ގޭގެ މީހުން ރޯވި އަލިފާން ނިއްވާލުމަށް ފަހު ހޮސްޕިޓަލަށް ދަމުން ކަމަށެވެ.

އަދި މި ހާދިސާގައި ފިހިފައިވަނީ ދިވެހި ދެ ފިރިހެނުންކަމަށާއި އެމީހުނަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.