އެމްޑީޕީ ދޫކޮށްލެއްވީ ބަސްނުވިކޭ އޮޑީގެ ދިރުބާކޮޅުގައި ނުހުންނަވަން ވެގެންކަމަށް ކުރީގެ ރައީސް އަދި މިހާރު ދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓް، ހުޅުދޫދާއިރާގެ މެންބަރު އިލްޔާސްލަބީބާއެކު އައްޑޫސިޓީއަށް ވަޑައިގެން އެސިޓީގެ ފޭދޫ ހަރުގޭގައި ބޭއްވި ޖަލްސާގައެވެ. މިޖަލްސާގައި މަސްވެރިންނަށް އައިސްޕްލާންޓުގެ ފަސޭހަކަން ގާއިމުކޮށްދިނުމާ ބެހޭ ވާހަކައަށް އަލިއަޅުވާލައްވަމުން ރައީސްނަޝީދު ވިދާޅުވީ ކަނޑައެޅިގެން ރައީސްކަމުގައި ހުންނެވި ބޭފުޅާ މެނިފެސްޓޯގައި އޮތަސް އެކަމެއް ނުކުރައްވާނަމޭ ވިދާޅުވުމުން އެމަނިކުފާނު ކިތަންމެ ބޭނުންފުޅުވިޔަސް އެއީ ކުރެއްވޭނެކަމެއް ނޫންކަމުގައެވެ. އަދި ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށްޓަކައި ކޮށްދޭން އުޅުއްވިކަމެއް ކަނޑައެޅިގެން ނުކުރައްވާނަމޭ ވިދާޅުވުމުން އެމަނިކުފާނަށް އެއީ އެމަނިކުފާނު އުފެއްދެވި އެމްޑީޕީ ނޫންކަން އެނގިވަަޑައިގެންނެވިކަމަށެވެ.
"އަޅުގަނޑު ބުންޏަސް އެމްޑީޕީން އަޅުގަނޑުމެން ނެރުން މެނިފެސްޓޯ ތަންފީޒެއް ނުކުރި. އަޅުގަނޑު ހުރީ ސަރުކާރު ހިންގާ މަގާމެއްގައެއް ނޫން. ބަސް ނުވީކޭ އޮޑިއެއްގެ ދިނރުބާ ކޮޅުގައި ނުހުންނާންވެގެން އެމްޑީޕީން އަޅުގަނޑު ނިކުތީ،" ނަޝީދު ވިދާޅުވިއެވެ. "މަހުގެ އަގުވައްޓާފައި އެކުދިން ސަރުކާރަށް ވައްދާފައި ސަރުކާރު ނޫން ތަނަކުން ވިޔަފާރިނުކުރެވޭގޮތް ހަދާފައި ސަރުކާރުގެ އެކިއެކި މުހުތާދުތަކުގައި މީހުން ތަޅުލެވިފައި މިތިބެން ޖެހެނީ، އެކޮމިއުނިސްޓް އުސޫލަށް ދާންފެށީމަ އަޅުގަނޑަށް އެނގިއްޖެ، އެއީ އަޅުގަނޑު އުފެއްދި ޕާޓީއެއް ނޫންކަން،"
ރައީސް ނަޝީދު ވިދާޅުވީ ކުރީގައި އެނުކުރެއްވި ހުރި ކަންތައްތައް އިލްޔާސްލަބީބު ގޮވައިގެން ކުރެވޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އިލްޔާސްލަބީބުގެ އެވިސްނުން އެބަހުންނެވިކަމަށާއި އަދި އެފެންވަރުވެސް ގާބިލުކަންވެސް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ.
ފޭދޫއަށް އަންނަ ގިނަރޭރޭ ވިއްސާރަކަމާއި ވިއްސާރައާއެކުގައިވެސް ވަޑައިގެންނެވޭ ކަންތައް ކާމިޔާބުކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިރެއަކީވެސް ވާރޭވެހޭ ރެއެއްކަމަށާއި އެމަނިކުފާނު ގަބޫލު ކުރައްވަނީ މިއީ ރަހުމަތުގެ ވާރޭކަމަށެވެ. ނަޝީދުގެ ވާހަކަފުޅުގައި، އިލްޔާސްލަބީބަކީ ވަރަށް ކުރިއްސުރެ ފަށައިގެން އިސްލާހީ ހަރަކާތްތަކުގައި ވަރަށްފުޅާދާއިރާއެއްގައި ބައިވެރިވެވަޑައިގެން، ދެގޮތެއްނުވެ އެމަސައްކަތުގައި ހުންނަވާ އިހުލާސްތެރި ފަރާތެއްކަމަށާއި އަދި އެގޮތަށް ދެމިހުންނަވާ ތަންދޮރުދަންނަ ބޭފުޅެއްކަމަށާއި ދުނިޔޭގެ އޮޔާވަޔާއި ދިވެހިރާއްޖޭގެ ކަންކަމާއި ދިވެހިންގެ ތަނަވަސްކަމާގުޅޭ ގޮތުން އިލްޔާސްލަބީބުގެ ތަނަވަސްހިޔާލަކީ އަބަދުވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގައި ހުންނަ އިރު ފެންނަ މަންޒަރު ވަރަށް ތަފާތުވާނެކަމަށެވެ. ވެރިކަމުގައި ހުންނަ މީހާއަށް އަބަދުވެސް ޘަނާ ކިޔާނެކަމަށާއި ތިޔައީ ރައީސްއޭ ކިޔާ އެކިކަހަލަ ލަވަތަކާއި ޅެންތަކުން ސަނާވެސް ކިޔާނެކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ހިތުގައި ހިނގާ އިހްސާޞްތައް ތަފާތުވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ތަފާތުވާނެކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރު ހެޔޮހާލުގައި ސަލާމަތުން ޖަލުން ވީއްލިފާ ހުރި ސިޔާސީ ޕާޓީއެއްގެ އެއްވެސް ލީޑަރެއް ނެތްކަމަށާއި އެދުވަހު ސިޔާސީ ޕާޓީތަކަށް ޖެހުނީ އެންމެން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެންކަމަށް ވިޔަސް މިފަހަރު ހުރިހާ ޕާޓީތަކެއްގައި ކެންޑިޑޭޓުން އެބަތިބިކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ލަފާކުރައްވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ އެއްވެސް ތަނެއް ނެތްކަމަށާއި ދެވަނަ ބުރަކަށް މި އިންތިހާބު ދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އިލްޔާސްލަބީބު ދެވަނަ ބުރަކަށް ދާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އެމަނިކުފާނަށް އެބައޮންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ.ރޭގެ އެބައްދަލުވުމުގައި އިލްޔާސްލަބީިބު ވިދާޅުވީ ޑިމޮކްރެޓުބް ވެރިކަަމާއި ޖަވާލުވެ އެންމެ ފުރަތަމަ ހައްލުކުރާނީ ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ ކަންތައްކަމަށެވެ.
އައްޑޫސިޓިއަށް ވަޑައިގެން ރޭ ފޭދޫގައި ކުރިއަށްގެންދިޔަ ޑިމޮކްރެޓްސްގެ ކެމްޕެއިން ޖަލްސާގައޮ އަދި މާދަމާ މަރަދޫފޭދޫއާއި މަރަދޫގައި އަދި މެންދުރުފަހު މީދޫއާއި ހުޅުދޫގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ ހިތަދޫގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުގެ އެންމެ ފަހު ދުވަހު ފޭދޫއާއި ހިތަދޫގައި ދޮރުން ދޮރަށް ހަރަކާތްތަކެއް ހިންގާނެ ކަމަށްވެސް އިލްޔާސްލަބީބު ވިދާޅުވިއެވެ.
އިލްޔާސްލަބީބު ވިދާޅުވެފައިވަނީ މި ސަރުކާރާ މެދު އައްޑޫގެ ރައްޔިތުން ނުރުހިފައި ތިބި ވަރު އިހުސާސް ކުރެވޭ ކަމަށެވެ. އަދި މި ދަތުރުގައި ޑިމޮކްރެޓްސްގެ ސިޔާސަތާ ބެހޭ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާނެ ކަމަށްވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
އިލްޔާސްލަބީބާއި ރައީސްނަޝީދު އައްޑުއަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ވަނީ މާލޭގައިވެސް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ބަސްނުވިކޭތީތޯ ރައްޔިތުންމަޖުލިސް ރައީސް ކަންވެސް އެމްޑީޕީ ގެ67 މެންބަރުންގެތާއީދާއެކު ނަޝީދު އަށްލިބުނި ކޮއްކޮ އީވާ ނައިބުރައީސް ކަން ދިނީ ނަޝީދު ގެއަމަލުތައްހުރިގޮތުން އިތުބާރުގެލި ރިޔާސީޕުރައިމެރީންވެސް ނަކަމީޔަބީ ކުރިމަތިވެޑާގެނެއްވީ އެމްޑީޕީ އާމުމެންބަރުގެ އިތުބާރު ވާނިގެލިފަ އެއްކަމުގެ ރުޅިގަންޑު މުޅި ސައްރުކާރައްތިބޭލީ އަމިލައްފުޅައް ބަލިގަބޫލުނުކޮ ބަލިވީމަ ގޭގައޭ އޮންނަނީ ވިދާޅުވެފަ އަށް ބައިތު ހިފިމަދުމެންބަރުކޮޅެއްލަވާ އެމްޑީޕީ ރުޅޭޭނެކަމައް ހިކޮއް ދަޑިޕާޓީއެއްފަދާ މުޅިރައްޖެ ފަސަދާކޮއްފިތުނަފަސަދަ އުފަދާ ވެރިކަމާގެން ހޭބަލިވެގެން ތެޅިޅޭވަތަރުދޯއް އައްޑޫ ޒުވާނަކު ނެރެއްގެން ވެރިކަންލިބޭތޯ އަދިވެސް ބޮޑުވަޒިރުކަންލިބޭތޯ