ރާއްޖެއިން ޤަތަރާއިއެކު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް ނިންމައިފިއެވެ.

ރާއްޖެއިން އެ ނިންމުން ނިންމި އިރު، ސައުދީ އަރަބިއްޔާ އާއި މެދު އިރުމަތީގެ އެހެން ގައުމުތަކުން ވެސް ވަނީ ގަތަރާ އެކު ސުލްހަވެ އަޅާފައިވާ އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤަތަރާއި ގުޅުން ޤާއިމުކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ސުލްތާން ބިން ސާދު އަލް މުރައިޚީ މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ގަލްފު ޤައުމުތަކުގެ ބައްދަލުވުމުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން، 2017 ގައި ރާއްޖެއިން ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ވެސް ނިމުމަކަށް ގެނައީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީއިން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ.