އުމްރާއަށް ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެން މީހާ އަކީ އުމުރުން 43 އަހަރުގެ ހއ. ދިއްދޫ ފާތިމަތު ސޮބިއްޔާ އެވެ.

ސޮބިއްޔާ ނިޔާވީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާގެ މައްޗަށް ކަށު ނަމާދުކުރީ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު މައްކާގެ މަސްޖިދުލް ހަރަމްގައެވެ.

އޭނާ ނިޔާވި ސަބަބު ކަމާއި ބެހޭ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އޭނާ އުމްރާ އަށް ދިޔައީ އަސްކޮއި ޓްރެވެލް ސާވިސްގެ ހަވާލުގައެވެ.