ކަލާފާނު ސްކޫލުގައި ހާއްސަ އެހީ ބޭނުންވާ ކުއްޖަކަށް އަނިޔާކުރި ބިދޭސީ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދޫކޮށްލައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި ޓީޗަރު ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

މި ހާދިސާގައި ބިދޭސީ ޓީޗަރު ވަނީ ނުކުޅެދުންތެރިކަން ހުރި ކުއްޖަަކު ގޮނޑިއެއްގައި ބަނދެ އަނިޔާކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއިލް ޝަފީއު ވިދާޅުވީ މިއީ ލުއިކޮށް ނެނގޭނެ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.