ކުރީގެ ފަނޑިޔާރު މުޖުތާޒު ފަހުމީ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
މުޖުތާޒުގެ އާއިލާގެ މެމްބަރަކު ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ލ. އަތޮޅަށް ކުރެއްވި ޗުއްޓީ ދަތުރުފުޅެއްގައި ހުން އަންނާތީ ޓެސްޓް ކުރުމުން ކަމަށެވެ.
މުޖުތާޒު މާލެ ގެނައީ ލ. ގަން ކޮވިޑް ފެސިލިޓީގައި ތިން ދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޖުތާޒުގެ ހާލު ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ދެކެވޭ ވާހަކަތައް އާއިލާއިން ވަނީ ދޮގުކޮށްފައެވެ.
އޭނާ އަކީ ދިގު މުއްދަތެއް ވަންދެން ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެންމެ ފަހުން އަދާކުރެއްވީ އިންތިގާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމެވެ.