ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމަ، ފާތިމަތު ހަސަން އަވަހާރަވެއްޖެ އެވެ.

ފާތިމަތު ހަސަން އަވަހާރަވެފައި ވަނީ ސިއްހީ ހާލުކޮޅު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ސްރީލަންކާގައެވެ. .

ފާތިމަތު ހަސަން އަވަހާރަވިއިރު 6 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

އަދި ދިރިއުޅުއްވަމުން ގެންދެވީ ދަރިކަނބަލުން މުސްލިމާ އަބްދުލްގައްޔޫމާއާއެކު ސްރީ ލަންކާގައެވެ. މުސްލިމާ އަބްދުލްގައްޔޫމާއާއެކީ ރައީސް ޔާމިންއާ އެއްބަޑު އެއްބަފާ ބޭކަނބަަލެކެވެ

ރައީސް ޔާމިންގެ މަންމަ އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަރެކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.