އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ރިޒްވީ ވަކިކޮށް އެ މަގާމަށް މ. މޮންޓިރިއަލް، މުހައްމަދު މިހާދު އައްޔަންކޮށްފިއެވެ.

އެ ކުންފުނިން ވަކިކުރުމަށްފަހު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދު ވަނީ ހަމަޖައްސާފައެވެ.

އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރުކަމަށް ހަމަޖެއްސި މިހާދު އަކީ އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެވެ.

އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި 15 އަހަރު ހިދުމަތް ކުރައްވާފައެވެ.

މިހާތަނަށް އޭނާ ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑް މެމްބަރެއްގެ ގޮތުގައެވެ.

މީގެކުރިން އޭނާ ވަނީ އައިއޭއެސް އާއި އެމްޓީޑީސީގެ ބޯޑު މެންބަރުކަން ކުރައްވައިފައެވެ.