އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޜަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން ރާއްޖޭގައި ތިބި އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސްއައިއެސް) އާއި އަލްގައިދާގެ މުހިއްމު ލީޑަރުންނާއި ފައިނޭންޝަލް ފެސިލިޓޭޓަރުން ކަނޑައަޅައިފި އެވެ. މީގެ ތެރޭގައި އައިއެސް، އައިއެސް-ޚޯރާސާން އަދި އަލްޤައިދާއަށް އެހީތެރިވާ 20 މީހުން ފާހަކޮށްފައިވެއެވެ.

އިއްޔެ 31 ޖުލައި 2023 ގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކާ ގުޅުންހުރި 29 ކުންފުންޏެއް ވެސް އޮފެކް އިން ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ހުންނަ ޓެރަރިސްޓުންނާ ގުޅުން ހުރި ޖިނާއީ ގޭންގުތަކުގެ ލީޑަރުންނާއި 2019 ވަނަ އަހަރު އޯއެފްއޭސީން ކަނޑައަޅާފައިވާ އައިއެސް-ކޭގެ މުހިއްމު ރެކްރޫޓަރު މުހައްމަދު އަމީންގެ އެސޯސިއޭޓުން ހިމެނެއެވެ.

އައްޑޫ ސިޓީ ސެލްގެ(ސެލް އަކީ ޓެރަރިޒަމްގެ ހާއްސަކަން ހާމަކޮށްދޭ 'ގްރޫޕް' ނުވަތަ 'ބައި' މާނަކޮށްދޭ ބަހެކެވެ.) އޮޕަރޭޝަނަލް ޓީމްގެ މެންބަރުންނަކީ ފާރިސް މުހައްމަދު ދީދީ (ދީދީ)އާއި އަލީ ނިހާދު (ނިހާދު) އެވެ.

2022 ވަނަ އަހަރު ދީދީ ވަނީ އައިއެސްގެ ޕްރޮޕެގެންޑާ އުފެއްދުމުގެ އިތުރުން އެސެލުން އައިއީޑީ ހަމަލާ ދިނުމުގެ ރޭވުމެއްގައި ވެސް ބައިވެރިވެފަ އެވެ. ސީރިއާގައި ތިބި އައިއެސްގެ އޮފިޝަލުން މީގެކުރިން ވަނީ ދީދީ ސީރިއާއަށް ދަތުރުކުރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްފައެވެ.

އައްޑޫ ސިޓީ ސެލްގެ މެންބަރުން:

  • ޖިނާއުން ނަސީމް (ނަސީމް)

އައިސިސްއާ ގުޅިފައިވާ އައްޑޫސިޓީސެލްގެ ލީޑަރު ކަމަށް އަމިއްލައަށް އިއުލާން ކުރުމުގެ އިތުރުން ދެކުނު އޭޝިއާގައި ހަރަކާތްތެރިވާ އައިސިސްގެ ގޮފި، އައިއެސް-ކޭއާ ގުޅައިގެން ސީރިއާގައި ތިބި ހަނގުރާމަވެރި ދިވެހިންނަށް މާލީގޮތުން އެހީވާ ފަރާތެއްކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ.

  • މުހައްމަދު ތަސްލީމް (ތަހާސްލިމް)

ތަސްލީމަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަވަހާރަކޮށްލަން މަސައްކަތްކުރި އައިއެސްއާ ގުޅުން ހުރި އެހެން ސެލްއަކާ ވެސް ގުޅިފައިވާ އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

ތަސްލީމަކީ އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އައްޑޫ ސެލްގެ ޓެރަރިސްޓް އޮޕަރޭޝަންތަކަށް އިރުޝާދު ދިނުމަށް، މުހައްމަދު އަމީންއާ އެކު މަސައްކަތް ކުރާ މީހެކެވެ.

  • ފާރިސް މުހައްމަދު ދީދީ

މިދިޔަ އަހަރު އައިއީޑީ ބޭނުންކޮށްގެން ދޭން އުޅުނު ހަމަލާއެއްގައި ބައިވެރިވެފައިވުމާއެކު އައިސިސްގެ ޕްރޮޕެގެންޑާ އުފެއްދުމުގައި ހަރަކާތްތެރިވެފައިވެއެވެ.

  • އަލީ ނިހާދު

އައްޑޫ ސެލް އިން ހިންގާ އޮޕަރޭޝަންތަކުގެ އިސް ސަފުގައި ހަރަކާތްތެރިވުމާއެކު އައްޑޫ ސެލްއިން ހިންގަން އުޅުނު ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވެފައިވާ މީހެކެވެ.

  • މުހައްމަދު ނައުޝާދު ޝަރީފް

އައްޑޫސެލްއިން ރާވާ ޓެރަރިސްޓް ހަމަލާތަކަށް ހިތްވަރު ދީ، އައިއީޑީއެއް ބޭނުންކޮށްގެން ހަމަލާ ދޭން މަސައްކަތްކޮށްފައިވެއެވެ.

މުހައްމަދު ނައުޝާދު ޝަރީފްގެ ކުންފުނިތައް:

  • ސްކައި ނޯވާ އިންވެސްޓުމަންޓު
  • ނިއު ސަން އިންވެސްޓުމަންޓު

އައިއެސްއާ ގުޅުން ހުރި ގޭންގުތަކާ ގޭންގުތަކުގެ ލީޑަރުން އަދި ކުންފުނިތައް:

  • އަހުމަދު އަލިފް ރައުފް
  • މުހައްމަދު އިންތިފް ރައުފް
  • އިބްރާހިމް އަލީފް ރައުފް

އަހުމަދު އަލިފް ރައުފްގެ ކުންފުނިތައް:

  • ސްޓްރީޓް އިންވެސްޓުމަންޓު
  • ސްޓީޓް މޮޓޯ ސާވިސް

އިންތިފްގެ ކުންފުނިތައް:

  • ވައިޓް ބީޗް ވޯޓާ ސްޕޯޓްސް
  • ބައުމް ޕްރައިވެޓް ލިމިޓެޑް

އައިއެސްއައިއެސް ކޭ ގެ ރެކްރޫޓަރ މުހައްމަދު އަމީނާ ގުޅުން ހުރި މީހުން:

  • އަބްދުﷲ އަލި މަނިކު މޫސާ(މަޝްހޫރު އަބޫސުހާ/ހިމަންދޫ)

އަބްދުالله އަލީ މަނިކު (ހިމަންދޫ/އަބޫސުހާ)އަކީ ރާއްޖޭގައި ހިންގާ ބައެއް ޓެރަރިސްޓް ރޭވުންތަކާ ގުޅިފައިވާ އައިއެސްއާ ގުޅިފައިވާ އަދި އަމީނާއި އޭނާގެ ބައެއް އެކުވެރިންނާ ސީދާ ގުޅުން ބަހައްޓަވާ ކަމަށެވެ. އަބްދުﷲ އަލިމަނިކު ވަނީ ރާއްޖޭގެ ކުރީގެ ރައީސް އަދި ރާއްޖޭގެ މަޖިލިސްގެ ރައީސް އަށް އަމާޒުކޮށް ދިންހަމަލާގައި ބައިވެރިވެފައެވެ. އަދި އަބްދުﷲއަލިމަނިކަކީ ރާއްޖޭގެ ޖަލުގައި އޮވެގެން ޖަލުގައިދީންގެ ތެރެއިން އެކިއެކިގައިދީންނަށް ދީނީފަތުވާގެ ތެރެއިން ދޮގުނަސޭހަތްދީ ޓެރަރިޒަމަށް ރެކްރޫޓުން ތަމްރީނުކުރުމުގެ ހާއްސަ ފަރާތެކެވެ.

އަބްދުﷲއަލިމަނިކު ނުވަތަ އަބޫސުހާ ވަނީ 2020 ވަނަ އަހަރު ވަޅިން ދިން ހަމަލާއަކާއި މޭ 2021ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބައިވެރިވެ، 2007 ވަނަ އަހަރުން ފެށިގެން ބައެއްފަހަރު އަމިއްލައަށް ޖަލަށް ގޮސްގެންވެސް ދީނުގެ ނަމުގައި ޓެރަރިސްޓުން ތަމްރީނު ކުރެއެވެ.

  • މޫސާ އިނާސް

އދ މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗުތަކަކަށް އަމާޒުކޮށް އައިސިސްއިން 2020 ވަނަ އަހަރުގެ ކުރީކޮޅު ދިންހަމަލައިގަ ބައިވެރިވެފައިވެއެވެ.

  • އަބަދުﷲ ޝަރީފް

އައިސިސް-ކޭ އިން ރާއްޖޭގައި ހަރަކާތްތެރިވާ އައިިސިސްގެ އަމީރަކަށް 2022 ވަނަ އަހަރު އައްޔަންކުރި މީހެކެވެ.

  • ހުސެން ޝާމިލް

މާލޭގައި އަމީނަށް މީހުން ރެކްރޫޓް ކުރުމުގައި އެހީތެރިވެ ދިވެހިޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތާއި ރެކްރޫޓްކުރުމުގެ މަސައްކަތްކޮށް ސީރިއާ، ޕާކިސްތާން އަދި އަފްގާނިސްތާނަށް އެފަދަ މީހުން ފޮނުވުމުގައި ހާއްސަދައުރެއްއަދާކުރެއެވެ.

  • އަހުމަދު މުބީން

އަމީނަށް މީހުން ރެކްރޫޓް ކޮށްދިނުމަށް އެހީވެއެވެ.

  • އަމީން އަހުމަދު

ގޭންގުތަކުގައި އުޅޭ މީހުން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރެކްރޫޓް ކުރުމުގެ އިސްވެރިއަކަށްވުމުގެ އިތުރުން އައިސިސްއަށް ހަނގުރާމަކޮށްދޭން ވޮލަންޓިއާވެފައިވުމާއެކު ބޮމާއި ޒަހަރު ހެދުމުގެ ހުނަރުވެރިއެއްކަމަށްވެއެވެ.

  • ޔޫސުފް ޝަހީދު

ދިވެހިން ހޯދައި ސީރިއާ ހަނގުރާމައަށް ދިއުމަށް ދަތުރުފަތުރުގެ ކަންތްހަމަޖައްސާ ފަރާތެވެ.

  • މުހައްމަދު މާތިއު އަބްދުލް ރައްޒާގް

އައިސިސްއާގުޅުންހުރި އަމީނާވެސް ގުޅުންހުރި ފަރާތެކެވެ.

  • އަހުމަދު އަފްރާހު

އިންޑޮނޭޝިއާގައި އައިސިސްއާ ގުޅިފައިވާ ޓެރަރިސްޓް ޖަމާއަތް ޖަމާހް އަންޝަރުތު ދައުލަތު (ޖޭއޭޑީ)ގެ ލީޑަރަކަށް ހާހެއްހާ ޑޮލަރު ފޮނުވާފައިވާއިރު ތުރުކީގައި ހަރަކާތްތެރިވާ އައިސިސްގެ މެދުވެރިއަކަށްވެސް އެތައް ހާސް ޑޮލަރެއް ފޮނުވާފައިވާ ފަރާތެކެވެ.

  • އަލީ ޝާފިއު

2018ގައި ޕާކިސްތާނުން އަފްގާނިސްތާނަށް ގޮސް އައިއެސް-ކޭއާ ގުޅުމުގެ ކުރިން 2015ގައި ސީރިއާއަށް ދާން މަސައްކަތް ކޮށްފައިވެއެވެ. އަފްގާނީސްތާނުގެ އައިއެސްކޭގެ މީހުނާ މުއާމަލާތްކުރުމަށް ދިވެހި މަންދޫބެއްގެ ގޮތުން އަމީން އައްޔަންކޮށްފައިވާ ފަރާތެވެ.

އަބްދުﷲ ޝަރީފްގެ ކުންފުނި:

  • މަލްޓި ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ޝާމިލްގެ ކުންފުނިތައް:

  • ލަރޯސާ
  • އަލް ތަމާރު

އަހުމަދު މުބީންގެ ކުންފުނި:

  • ތްރީޒެޑް އިންވެސްޓް މަންޓު

އަމިން އަހުމަދުގެ ކުންފުނިތައް:

  • އިންމާ މޯލްޑިވްސް
  • ޖަޒީރަތު އަލް މާލްދިފީ

ޔޫސުފް ޝަހީދު އާއި އަހުމަދު އަފްރާހުގެ ކުންފުނި:

  • ދާވީ ޕްރައިވެޓް ލިމިޓެޑް

އަފްރާ އާއި އަމީންގެ ކުންފުނިތައް:

  • ސިއަސް އިންވެސްޓު މަންޓު
  • ފުރުޓް ޕްލަސް
  • މޯލްޑިވްސް ކޯޑް އޭ ޕާޓްނާޝިޕް

މުހައްމަދު މާތިއު އަބްދުލް ރައްޒާގުގެ ކުންފުނި:

  • ގްރީން ބާޑްސް

އަލީ ޝާފިއުގެ ކުންފުނި:

  • ޕެންޑާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ރާއްޖޭގައި ދިރިއުޅޭ އަލްގައިދާ އާއި ގުޅުން ހުރި މީހުންގެ ލިސްޓު

  • އަހުމަދު އަގުލީލް

ރާއްޖޭގައި ހަރަކާތްތެރިވާ އަލް-ގައިދާ ގޮފީގެ އޮޕަރޭޝަންތައް ހިންގާ ބައިގެއިސްފަރާތުގެ ގޮތުގައިތުހުމަތުކުރާ ފަރާތެވެ. 2014ގައި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާ ގުޅުންހުރިކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

  • އަލީ ޝިޔާމް (ވީބީ އައްޔަ)

ވީބީ ކުންފުނި ހިންގާ އަލީ ޝިޔާމަކީ 2021ގައި ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާ ސެލް އަށް މާލި އެހީފޯރުކޮށްދިނެވެ. ދިވެހި އަލް ގައިދާގެ ލީޑަރެއް ކަމަށްވެސް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ،

އަގްލީލްގެ ކުންފުނިތައް:

  • ފުރަަހަ ކޮންސްޓްރަކްޝަން
  • ޑިޒައިނާ ގަރާޖު
  • ސަދާން ސްޓޭލިއަންސް

އަލީ ޝިޔާމްގެ ކުންފުނިތައް:

  • ގޯލްޑެން ވޯރިއާސް ޕްރައިވެޓް ލިމިޓެޑް
  • ވާލީ ބްރަދާސް ޕްރައިވެޓް ލިމިޓެޑް
  • ޝައިން އެކްސް އިންވެސްޓްމަންޓު
  • އެރިޔަދޫ އިންވެސްޓް މަންޓްސް
  • ޖަޒީރާ ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް
  • ވިޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މިއަދު ކަނޑައަޅާފައިވާ ބައެއް މީހުން ވަނީ ނޫސްވެރިންނާއި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ހަމަލާތައް ރާވައި އަދި ހިންގާފައެވެ.

އޯއެފްއޭސީ އިން ވަނީ މި މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުވެސް އެޅުމަށް ނިންމާފައެވެ.

މިއަދުގެ ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގައި ނުވަތަ އެމެރިކާގެ މީހުންގެ އަތުގައި ނުވަތަ ކޮންޓްރޯލްގައި ހުރި، މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ހުރި ހުރިހާ މުދަލެއް ބްލޮކްވެ، އޯފޭކް އަށް ރިޕޯޓްކުރަން ޖެހެއެވެ.

މި ލިސްޓުގައި ހިމެނޭ ފަރާތްތަކާ އެކު އެއްވެސް ކަހަލަ މުއާމަލާތެއް ހިންގުންވެސް މަނާވާނެއެވެ. އެމެރިކާގައި ނުވަތަ އެމެރިކާގެ ބައެއްގެ ބާރުފޯރާހިސާބެއްގައިވެސް މި ލިސްޓުގައި ހިމެނޭ މީހެއްގެ މުދަލެއް ބޭނުންކުރުން ހުއްޓުވާނެކަމަށްވެއެވެ. އަދި އެއިން މީހަކު ސީދާ ހިއްސާވާ ނުވަތަ ފަންސާސްއިންސައްތައަށް ވުރެ މަތީ މިންވަރެއްގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މުދަލެއްވެސް ބޭނުންކުރުން ހުއްޓުވާނެއެވެ.