ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ގާސިމް އިބްރާހީމް ނެރެނީ ގައުމަށްޓަކައިކަމުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެެވެ.

ސައުދު އެހެން ވިދާޅުވީ "ހާސްކަނޑާލާ! ހަމަޖެހޭނެ!" މި ޝިއާރުގެ ދަށުން ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މީގެއިތުރުން ސައުދު ވިދާޅުވީ، ގައުމަށް ބޭނުންވަނީ އިންސާފުވެރިކަން ހުރި ބޭފުޅެއްކަމަށާއި، އެއީ ޤާސިމް އިބްރާހީމްކަމަށެވެ. އަދި އެއީ އެއްވެސް މީހަކަށް އަނިޔާވެރިވެފައިވާ ބޭފުޅެއް ނޫންކަމަށާއި، މީހުން ފެންވަރަކަށް ވަކި ކުލައަކަށް ނުބަލައި ގައުމަށް އެބޭފުޅާ ދަނީ އެހީވަމުންކަމަށް ސައުދު ވިދާޅުވިއެވެ.

އަދި ގައުމަށް ބޭނުންވާ ވެރިޔަކީ އެއީކަމަށާއި، ގައުމަށް ދެރައެއް ލިބޭ އިރު ގާސިމް ހުންނަވާނީ އެންމެ ކުރީގައިކަމަށްވެސް ސައުދު ވިދާޅުވިއެވެ،

"ރާއްޖެއަށް ވޯޓަރ ބަނގްލޯ ތައާރްފްކުރެއްވީ ގާސިމް. ރާއްޖޭގައި ހިލޭ ސްކޮލަޝިޕްދޭން ފެެއްޓެވީ ގާސިމް، މި ހުރިހާ ކަމެއް ފެއްޓެވީ ގާސިމް. ގާސިމް އަބަދުވެސް އިސްކުރައްވަނީ ގައުމު. ގާސިމް ވިދާޅުވި މަގު ހިޔާރުކުރިނަމަ ރާއްޖޭގައި ކޮރަޕްޝަނާއި، ވައްކަމުގެ މައްސަލަތަކެއް ނުގިނގާނެ. މި ކަންކަމަށް ގާސިމް ފުުރުސަތެއް ނުދެއްވާނެ."
ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު

ސައުދު ވަނީ 100 މިލިއަނަރުން އުފައްދަވާނެކަމަށް ޤާސިމް ވިދާޅުވުމުން އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ އެކަމަށްވެސް ރައްދު ދެއްވާފައެވެ.

"ގާސިމަކީ އެމަނިކުފާނުގެ ވިޔަފާރި ފައްޓަވައި ރާއްޖޭގެ އޭރުގެ މިލިއަނަރުން ފަހަތަށް ޖެއްސެވި ބޭފުޅެއް. އެހެންވީމަ، ގާސިމަށް 100 މިލިއަނަރުން ނުއުފެއްދޭނެތޯ؟" ސައުދު ވިދާޅުވިއެވެ.