މިއަހަރުގެ މެއި، ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލްގެ އިމްތިޙާނުތައް ތާވަލްކޮށްފައިވާގޮތަށް ރާއްޖޭގައި ކުރިޔަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ކޮވިޑް-19 އާ ގުޅިގެން މި އަހަރު ނުބާއްވަން އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެންނެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކުރިންވެސް ތާވަލް ކޮށްފައިވާ ގޮތަށް މި އިމްތިހާނުތައް ރާއްޖޭގައި ބޭއްވިގެންދާނެކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު ބާއްވަން އުޅުނު ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ވަނީ ފަސްކޮށްފައެވެ.